logoEN
cocacola
ތިނަދޫގައި މިމަހު ބާއްވާ 13 ވަނަ މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް އޮފިޝަލުން ހޯދަނީ

ތިނަދޫގައި މިމަހު ބާއްވާ 13 ވަނަ މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް އޮފިޝަލުން ހޯދަނީ

# ތިނަދޫ ސްޓޭޑިއަމް# 13 ވަނަ މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް

305765653_558668889392474_3142011967688722380_n

ތިނަދޫގައި މިމަހު ބާއްވާ 13 ވަނަ މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް އޮފިޝަލުން ހޯދަން އިއުލާނުކޮށްފި އެވެ.

ގޮސިޔާ

ތިނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ 2022 އޮކްޓުބަރ 23 ން 27 އަށް ގދ.ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ މަކީޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް 40 އޮފިޝަލުން ބޭނުންވެފައިވާ ކަމަށެވެ.

އެގޮތުން އޮފިޝަލުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އުމުރުން 17 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައި ވުމެވެ. އޮފިޝަލުން ނަގާއިރު ބަލާނީ 2022 އޮކްޓޫބަރ 01 ވަނަ ދުވަހަށް އުމުރުން 17 އަހަރު ފުރިފައިވާ ކުދިންނަށެވެ.

އޮފިޝަލުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް އެލެވެންސެއް ދިނުމަށް ތިނަދޫ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި އޮފިޝަލުންނަށް މުބާރާތުގެ ކުރިން އެތްލެޓިކްސްއާ ބެހޭ ފަންނީ އަދި ޓެކްނިކަލް މަޢުލޫމާތު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އޮފިޝަލުންނަށް ވުމަށް ބޭނުންވާ ފަރާތްތަކަށް މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޝައުޤުވެރިވާ ފަރާތްތަކުން 2022 އޮކްޓޫބަރ 10 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ރަޖިސްޓްރީ ކުރުމަށް ކައުންސިލުން އެދެއެވެ.

13 ވަނަ މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް ތިނަދޫ ކައުންސިލުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ