logoEN
cocacola
އެއްގަމު އުޅަނދުތަކުގެ ނަންބޯޑު ރަނގަޅުކުރުމަށް 1410 މީހަކަށް ނަސޭހަތްތެރިވެއްޖެ

އެއްގަމު އުޅަނދުތަކުގެ ނަންބޯޑު ރަނގަޅުކުރުމަށް 1410 މީހަކަށް ނަސޭހަތްތެރިވެއްޖެ

އަހުމަދު ޝުރާއު

logo

10/6/2022, 10:54:24 PM

# ފުލުހުން

236581_3_274fda0fa5f0f3f90130868d5f80cb0046164c63_large

އެއްގަމު އުޅަނދުތަކުގެ ނަން ބޯޑު ރަނގަޅުކުރުމަށް މާލެ ސަރަހައްދުން މިހާތަނަށް 1410 މީހަކަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ފުލުހުން މިޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެއްގަމު އުޅަނދުގެ ނަން ބޯޑު ޤަވާއިދާއި ހިލާފަށް ހުރުމުގެ ސަބަބުން ސެޕްޓެމްބަރު ފެށިގެން މިއަދާއި ހަމައަށް މާލެ ސަރަހައްދުން 1410 މީހަކަށް އެކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައިނުވާކަންވެސް މީޑިއާ އޮފިޝަލް ފާހަގަކުރެއްވި އެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާއި ގުޅިގެން ގަވާއިދުގައިވާ ގޮތުގެ މަތިން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދިނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

ފުލުހުން އޭރު ބުނެފައިވަނީ މި މަހުގެ އެއްވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން ފުލުހުން ނަސޭހަތްތެރިވަމުންދާނެ ކަމަށާއި އަދި މި މަހުގެ އެއްވަނަ ދުވަހު ފެށިގެން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުން ދާނެ ކަމަށެވެ. ނަމަވެސް ފިޔަވަޅު މިހާތަނާށް ފިޔަވަޅު އަޅަން ފަށާފައެއް ނުވެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގެ 8 ވަނަ މާއްދާ އާއި އެ ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ފަދައިން ނޫން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނަށް ފަހަގަ ކުރެވިގެން އެމިނިސްޓްރީން ވަނީ މިދިޔަ މަހު އާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ