logoEN
cocacola
ދަރަވަންދޫގައި އަވަސްފަރުވާދޭ ޔުނިޓެއް ހުޅުވައިފި

ދަރަވަންދޫގައި އަވަސްފަރުވާދޭ ޔުނިޓެއް ހުޅުވައިފި

އަލްފާ އަލީ

logo

9/28/2022, 7:28:15 PM

# ބ. ދަރަވަންދޫ

WhatsApp-Image-2022-09-28-at-16.37.45-1536x1152

ބ. ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ގާއިމްކޮށްފައިވާ އަވަސް ފަރުވާދޭ ޔުނިޓް ހުޅުވައިފި އެވެ.

ގޮސިޔާ

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ޤާއިމް ކުރި މި ޔުނިޓް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުހައްމަދު ދީދީ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ.

ދެ ފަންގި ފިލާއަކަށް ހަދާފައިވާ މިޔުނިޓުގައި އަވަސް ފަރުވާދިނުމަށް ޚާއްސަ ވޯޑަކާއެކު އިމަރޖެންސީ ހާލަތުގައި ފަރުވާދިނުމަށް 10 އެނދެއް ވަނީ ބެހެއްޓިފައެވެ. އަދި ބަލިމީހުން ބަލާނެ ކޮޓަރިއަކާއި، ނާސިން ސްޓޭޝަނެއްވެސް އެތަނުގައި ވަނީ ގާއިމްކޮށްފައެވެ. އޭއިތުރުންވެސް އެތަނުގައި 2 މީޓީންގ ރޫމްވެސް ވަނީ ގާއިމްކޮށްފައެވެ.

ދަރަވަންދޫގައި އަވަސް ފަރުވާ ދޭ ޔުނިޓެއް ހެދުމުގެ މައިގަނޑު އެއްބޭނުމަކީ އިމަރޖެންސީކޮށް ގެންނަ ބަލިމީހާ އިތުރު ފަރވާއަށް މާލެ ގެންދެވެންދެން ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ