logoEN
Sto top
ތިނަދޫ ކައުންސިލުން ފެނަކަ ބަލިކޮށްފި

ތިނަދޫ ކައުންސިލުން ފެނަކަ ބަލިކޮށްފި

އަހުމަދު މާހު

logo

9/22/2022, 10:48:30 PM

# ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތް 2022

GMG_9194

ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގައި ތިނަދޫ ކައުންސިލް އާއި ފެނަކަ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ތިނަދޫ ކައުންސިލުން ކާމިޔާބުކޮށްފި އެވެ.

Wamco

ތިނަދޫ އާރު އަވަށު ފުޓްސެލް ދަނޑުގައި މިރޭ މެޗުަގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ފުރަތަމަ ހާފުގައި ކައުންސިލްގެ ޓީމުން ވަނީ ފެނަކަ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން ކައުންސިލް ޓީމުގެ އަހުމަދް ޒައިދް މުހައްމަދު ނައީމް ވަނީ ފުރަތަމަ ހާފުގައި ދެ ގޯލް ޖަހައި މެޗުގެ ލީޑު ނަގާފައެވެ.

2-0 އިން ކައުނަސިލް ކުރީގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައިރު މިހާފުގައި ފެނަކަ އިން އުފައްދަމުންދިޔަ ގިނަ ހަމަލާތަކެއް ހުއްޓުވި ކައުންސިލް ޓީމުގެ ކީޕަރު ފިރާހު އަހުމަދުގެ މަސައްކަތްވެސް ވަރަށް ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ހާފެކޭ އެއްގޮތައް ދެވަނަ ހާފުވެސް ކައުންސިލުން ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން އެޓީމުން ވަނީ ނުރައްކާތެރި ހަމަލާއެއް މިހާފުގެ ތެރޭގައިވެސް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން ކައުންސިލް ޓީމުގެ ޖާޒީ ނަންބަރު 24 ނިރުފާއު އަހުމަދު ވަނީ ގޯލެއް ޖަހައި ނަތީޖާ 0-3 އަށް ބަދަލުކޮށްދީފައެވެ. މެޗުގައި ފެނަކަ އިން ޖެހި ހަމަ އެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 66، ސަދަގަތުﷲ ޝަފީގް އެވެ.

މި މެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައި ވަނީ ތިނަދޫ ކައުންސިލް ޓީމުގެ ޖާޒީ ނަންބަރު 8 ހަސަން ރަޝީދުއެވެ.

ތިނަދޫ ކައުންސިލް މި މުބާރާތުގައި ދެން ވާދަކުރާނީ އެފްސީ ސައިޑް އާއި އެވެ. އެމެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ހަމަ އެދުވަހު ހަވީރު ފެނަަކަބައްދަލުކުރާނީ ތިނަދޫ ޕޮލިސް އާއި އެވެ.

މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.

މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside