
ޖަރުމަން ގައުމީ ޓީމްގެ ކެޕްޓަން ނޯޔާ އާއި ގޮރެޓްޒްކާ ކޮވިޑައް ޕޮޒިޓިވް ވެއްޖެ
# ޖަރުމަން ގައުމީ ޓީމް ،ޖަރުމަނުގެ ކެޕްޓަން މެނުއެލް ނިއުއަރ އާއި މިޑްފީލްޑަރު ލިއޯން ގޮރެޓްޒްކާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ޖަރުމަން ޓީމުގެ މި ދެ ކުޅުންތެރިން ޕޮޒިޓިވްވި ކަން އެނގުމުން ފްރެންކްފާޓްގައި ހުންނަ ޖަރުމަނުގެ ޓްރެއިނިން ކޭމްޕް ދޫކޮށް މިހާރު މި ދެ ކުޅުންތެރިން ވަނީ ވަކިން އައިސޮލޭޓް ވެފައެވެ. މިއާއިއެކު އަންނަ ހުކުރުދުވަހު އަދި ބުދަ ދުވަހު ހަންގޭރީ އާއި އިންގްލެންޑާއެކު ނޭޝަންސް ލީގުގައި ކުޅުން ހަމަޖެހިފައިވާ މެޗުތައް މި ދެ ކުޅުންތެރިންނަށް ގެއްލޭނެއެވެ.
ޖަރުމަން ޓީމުގެ ރަސްމީ ކީޕަރު ކޮވިޑައް ޕޮޒިޓިވް ވުމާއެކު، މިހާރު ހޮފެންހައިމްގެ އުމުރުން 32 އަހަރުގެ ކީޕަރ އޮލިވަރ ބައުމަން ވަނީ މިހާރު ޓީމުގެ ސްކޮޑާ ގުޅި ފަރިތަކުރުންތައް ފަށާފައެވެ.
މި ދެ ކުޅުންތެރިންގެ ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވަނީ، މިތަނުން ކުޅުންތެރިއެއްގެ ކްލޯޒް ޕާސަނަލް ކޮންޓެކްޓެއް ޕޮޒިޓިވް ކަމަށް ރެކޯޑް ކުރުމުންނެވެ. އަދި އެ ކުޅުންތެރިންގެ އެންމެ ފަހުގެ ކޮންޓެކްޓްތައް މިހާރު ކޮންމެ ދުވަހަކު ޓެސްޓު ކުރާނެކަމަށްވެސް ޓީމްގެ މެނޭޖްމަންޓުން ބުނެފައިވެއެވެ.
ހޯމަ ދުވަހު ވެމްބްލީގައި އިންގްލެންޑް ކުޅޭ މެޗުގެ ކުރިން ޖަރުމަނުން ހުކުރު ދުވަހު ހަންގޭރީއާ ދެކޮޅަށް ޔުއެފާ ނޭޝަންސް ލީގުގައި ކުޅޭނެއެވެ.