
gemanafushi
ދެއްވަދޫ ކްލަސްޓާއާއި ގުޅިގެން ވަކި ތަރުތީބެއް ނެތި ގއ.ގެމަނަފުށިން ނެގި ހުރިހާ ސާމްޕަލްތައް ނައްސި ވެއްޖެއެވެ.

"ގާފު" އޮންލައިން އާއި ވާހަކަ ދައްކަވަމުން ގެމަނަފުށީ ކައުންސިލް ގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ ވަކި ތަރުތީބެއް ނެތި ނެގި 63 ސާމްޕަލް ނައްސި ވެފައިވާ ކަމާށާއި، އެއީ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
މީގެ އިތުރުން ޝިޔާން ވިދާޅުވީ ގއ.ދެއްވަދޫ އިން ފައްސިވިމީހުންނާއި ބައްދަލުވި 12 މީހަކާއި، 9 ވަނަ ދުވަހުގެ ފެރީއިން އިން އެރަށަށް ދަތުރު ކުރި އެންމެންގެ ސާމްޕަލް ތައް ވެސް ނައްސިވެފައިވާކަމަށެވެ.
ގެމަނަފުއްޓަކީ ނިމިދިޔަ ޑިސެމްބަރ މަހުގެ ޗުއްޓީގައި ގިނަ އަދަދަކަށް ރަށުން ބޭރުން މީހުން ޒިޔާރަތް ކުރި ރަށެކެވެ.
ލިބުނު އުފާވެރި ޚަބަރަކީ ގެމަނަފުށީގައި ކޮވިޑް19 ނެތް ކަމައި، އެ އުފާވެރިކަން އެ ގޮތުގައި ދެމި އޮންނާނީ ރަށުގެ ރައްޔިތުންގެ އުޅުމާއި ގުޅުން އެޗްޕީއޭގެ މިންގަޑުތަކާއި އެއްގޮތަށް ބަހައްޓައިގެން ކަމަށް ޝިޔާން ވިދާޅުވިއެވެ.
ގެމަނަފުއްޓަކީ ނިމިދިޔަ ޑިސެމްބަރ މަހުގެ ޗުއްޓީގައި ގިނަ އަދަދަކަށް ރަށުން ބޭރުން މީހުން ޒިޔާރަތް ކުރި ރަށެކެވެ.
ގއ. ދެެއްވަދޫ ކްލަސްޓާ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 78 އަށް އަރާފައިވާއިރު، މި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 476 ކޮންޓެކްޓުން ހޯދިފައިވާ ކަމަށާއި އަދި މި ކްލަސްޓާއާ ގުޅިގެން 1413 ސާމްޕަލް ޓެސްޓު ކުރެވިފައިވާ ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.
ގުޅުންހުރި

ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި
.jpg&w=3840&q=75)
ގެމަނަފުށީ ކެފޭ ރެސްޓޯރަންޓުތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި

ގެމަނަފުށީގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި
