logoEN
Sto top
އޭއެސްއެމްއެޗުން ވަރުގަދަ އެމްއެންޑީއެފް ސައިޒުކޮށްފި

އޭއެސްއެމްއެޗުން ވަރުގަދަ އެމްއެންޑީއެފް ސައިޒުކޮށްފި

އަހުމަދު މާހު

logo

9/19/2022, 10:50:11 PM

# ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތް 2022

GMG_4708

ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތް 2022 ގައި މިރޭ އޭއެސްއެމްއެޗް އަދި އެމްއެންޑީއެފް ބައްދަލުކުރި މެޗު 6-1 އިން އޭއެސްއެމްއެޗް އިން ކާމިޔާބުކޮށްފި އެވެ.

Wamco

ތިނަދޫ އާރު އަވަށު ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ފެށިގެން ކުރީކޮޅު އޭއެސްއެމްއެޗް އިން ވަނީ ފުރަތަމަ ގޯލް ޖަހައި ލީޑް ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޝަޖާތު މުހައްމަދުއެވެ. މި ގޯލައް ފަހުވެސް އޭއެސްއެމްއެޗް އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނުޓުގައި އޭއެސްއެމްއެޗް އިން ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ގޯލް ކާމިޔާބުކޮށްދީފައިވަނީ އަރުޝަދް މުހައްމަދުއެވެ.

ފުރަތަމަ ހާފް ގެ 12 ވަނަ މިނެޓުގައި އެމްއެންޑީއެފްގެ ވަލީދް އަހުމަދު އެމްއެންޑީއެފްގެ އޭރިއާ ތެރެއިން އަރުޝަދު މުހައްމަދު އަށް ކުރި ފައުލްއަކާއި ގުޅިގެން އޭއެސްއެމްއެޗަށް ވަނީ ޕެނެލްޓީއެއް ލިބިގެންގޮސްފައެވެ. އޭއެސްއެމްއެޗްގެ އިބްރާހިމް ހުސައިން (ކްރިޝް) ފޮނުވާލި މި ޕެނެލްޓީ އާއި އެކު އޭއެސްއެމްއެޗް އިން ވަނީ މެޗުގެ 3 ވަަނަ ގޯލް ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފު ފެށިގެންވެސް ބޯޅަ ޑޮމިނޭޓްކޮށްގެން ކުޅުނު އޭއެސްއެމްއެޗް އިން ވަނީ އެހާފުގެ ކުރީކޮޅުގައި ގޯލެއް ޖަހާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައިވަނި ޝިމްހާޒް އަހުމަދުއެވެ. ހާފުގެ ފަހު ވަގުތުގައި އޭއެސްއެމްއެޗް އިން ވަނީ އިތުރު ދެ ގޯލް ކާމިޔާބުކޮށްފައެވެ. މި ގޯލްތައް ކާމިޔާބުކޮށްފައިވަނީ އޭއެސްއެމްއެޗް ޓީމުގެ ނާއިލް އަދި ޝިމްހާޒް އެވެ.

މެޗުގައި އެމްއެންޑީއެފަށް ކާމިޔާބުކުރެވުނު ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ވަލީދް އަހުމަދުއެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ އޭއެސްއެމްއެޗް ޓީމުގެ ޖާޒީ ނަންބަރު 7 އިބްރާހިމް ހުސައިން ( ކްރިޝް ) އެވެ.

މި މުބާރާތުގައި އޭއެސްއެމްއެޗް ދެން ބައްދަލުކުރާނީ އެސްޓިއޯއާ އެވެ. އެމެޗު އޮންނާނީ އަންނަ ހުކުރު ރެ އެވެ. ހަމަ އެރޭ އެމްއެންޑީއެފް ބައްދަލުކުރާނީ އޭސީޕީޑަބްލިއުއެސް އާއިއެވެ.

މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.

މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside