logoEN
ކޮކާކޯލާ
ޕީޕީއެމްގެ މެމްބަރުންނަށް ޚާއްޞަ ވެކްސިނެއް އެޕާޓީން އުފައްދަން ފެނޭ - އަލްހާން

ޕީޕީއެމްގެ މެމްބަރުންނަށް ޚާއްޞަ ވެކްސިނެއް އެޕާޓީން އުފައްދަން ފެނޭ - އަލްހާން

އަޙްމަދު ޖަމީލު

logo

1/21/2021, 12:26:28 PM

# އަލްހާން ފަހުމީ

DADE5856-07D0-4009-8786-B74A4213D66A

ޕީޕީއެމްގެ މެމްބަރުންނަށް އެޕާޓީން ޚާއްޞަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަން ފެންނަ ކަމަށް އަމިއްލަ ގޮތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަބުޅޯ

އަލްހާން މިހެން ވިދާޅުވީ އިންޑިޔާ ސަރުކާރުން ދިވެހި ރާއްޖެއަށް ހިލޭ ފޯރުކޮށްދިން އެއްލައްކަ ޑޯޒްގެ ކޯވިޑް ވެކްސިނާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މީގެ އިތުރުން އަލްހާން ވިދާޅުވީ އިދިކޮޅުވެގެން ކޮންމެ ކަމަކަށް ދެކޮޅު ހަދާކަށް ނުޖެހޭ ކަމަށާއި، އިންޑިއާއިން ގެނެސްގެން ހިލޭ ޖަހަން އުޅޭ ވެކްސިނަކީ މީދާ މަރަން ބޭނުންކުރާ އެއްޗެއްކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކަށް ސިފަވެގެން އުޅޭ ސަބަބު ސާފު ނުވާކަމަށެވެ.

ކޮންމެކަމަކާ އިދިކޮޅު ހެދުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި، އެއީ ޖާހިލީއްޔަ ޒަމާނުގެ ސިފައެއް ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ އިންޑިއާއިން ހަދިޔާކުރި ވެކްސިން ޖެހުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި ވެކްސިންގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ނޫސްތަކުން މަސައްކަތް ކުރާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނާ ޙަވާލުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު މިއަދު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހިލޭ ފޯރުކޮށްދިނީ އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިން ކަމަށެވެ. މިއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މިހާރު ރައްކާތެރި ވެކްސިނެއްކަމަށް ކަނޑައަޅާފައިވާ ވެކްސިނެއް ކަމަށާއި، މި ވެކްސިން ވަނީ ޓެސްޓިން 3 ފަށަލަވެސް ފުރިހަމަ ކޮށްފައިކަމަށް ޝާހިދު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ