logoEN
ޕީއެންސީ 2
ދެއްވަދޫ ކްލަސްޓާ : ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް!

ދެއްވަދޫ ކްލަސްޓާ : ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް!

އަޙްމަދު ޖަމީލު

logo

1/21/2021, 11:13:52 AM

# އެޗްޕީއޭ# ކޮވިޑް19# ގއ.ދެއްވަދޫ

Dhehvvadhoo

ގއ. ދެެއްވަދޫ ކްލަސްޓާ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 78 އަށް އަރައިފިއެވެ.

ޝަރީ 2024

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމާތު ނަޒްލާ ރަފީގް ވިދާޅުވީ، މީގެތެރެއިން 71 ކޭސް ފެނިފައިވަނީ ދެއްވަދޫން ކަމަށެވެ.

އަދި މި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 476 ކޮންޓެކްޓުން ހޯދިފައިވާ ކަމަށާއި އަދި މި ކްލަސްޓާއާ ގުޅިގެން 1413 ސާމްޕަލް ޓެސްޓު ކުރެވިފައިވާ ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

"މިހާތަނަށް މި ކްލަސްޓަގެ ޖުމްލަ 476 ކޮންކްޓުން ވަނީ ފާހަގަވެފައި. ކްލަސްޓައާ ގުޅިގެން ޓެސްޓު ހެދުމަށް މިހާތަނަށް ޖުމްލަ 14،013 ސާމްޕްލްވަނީ ނަގާފައި."

- ޑރ.ނަޒްލާ ރަފީގް

އެ އަތޮޅުގެ ވެރިރަށް ވިލިނގިއްޔާއި، ދާންދޫ މި ކްލަސްޓާ އާއި ގުޅިގެން މޮނިޓަރިން ހާލަތަށް ވެސް ގެނެސްފައިވެއެވެ. އަދި ވިލިނގިލިން ތަރުތީބެއް ނެތި ނެގި ސުންކުތައް ނައްސިވުމާ ގުޅިގެން އެ ރަށުގައި އޮތް މޮނިޓަރިންގެ ހާލަތު މިހާރު ވަނީ އުވާލައިފައެވެ. ނަމަވެސް އެ އަތޮޅުގެ ދާންދޫ އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.

ދެއްވަދޫން ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ފައްސިވި ފަހުންނެވެ. އެ ރަށުން ފަހުން ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައިވެއެވެ. އަދި އެ ރަށުން ގިނަ ބަޔަކު ފައްސި ވެެސްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ