
ދެއްވަދޫއަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ކެއަރ ޕެކޭޖް ފޮނުވައިފި
# ގއ.ދެއްވަދޫ# ޖެންޑާ މިނިސްޓްރީ# ކޮވިޑް19Dhehvvadhoo
ކޮވިޑް19 އަށް ގިނަ ބަޔަކު ފައްސިވި ގއ.ދެއްވަދޫ އަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ކެއަރ ޕެކޭޖް ފޮނުވައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެރަށް މޮނީޓަރިންގ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކެއަރ ޕެކޭޖް ފޮނުވާފައިވާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީގެ ފަރާތުން ކެއަރ ޕެކޭޖް ފޮނުވާފައި ވަނީ، މޮނީޓަރިންގ ހާލަތުގައި ތިބި ރަށްތަކަށް ގުޅައި މައުލޫމާތު ސާފް ކުރުމަށް ފަހު އެވެ.
ޖުމްލަ 57 މީހުން ފައްސިވި ދެއްވަދޫ އިން އިތުރު ކޭސް އެއް ނުފެންނަތާ 3 ދުވަސް ވެފާވާއިރު، އެ ރަށުގެ 63 ގެއެއް ވަނީ ކަރަންޓީނު ކޮށްފައެވެ.