logoEN
cocacola
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

އަޙްމަދު ޖަމީލު

logo

1/20/2021, 11:13:48 AM

# ޖިންސީ ގޯނާ

rape

އުމުރުން 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީއިން ބަލަން ފަށައިފިއެވެ.

ގޮސިޔާ

ޖެންޑާ މިނިސްޓްރީއާއި ހަވާލާދީ އޮންލައިން ނޫސް "ދަ ޕްރެސް" ގައި ބުނެފައިވަނީ ދެކުނުގެ އަތޮޅަކުން އެ ބާވަތުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ހިމެނޭ ކުޑަކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން މިނިސްޓްރީން ފޯރުކޮށްދީފައި ވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެފަދަ ވާހަކަތަކެއް ރަށުތެރޭގައި ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލައެއް ފުލުހުންނަށް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ.

ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ ކަރާމާތް ރައްކާތެރި ކުރުމަށް ކުއްޖާގެ ވަނަވަރު ނުވަތަ ކުއްޖާގެ ރަށާއި އަތޮޅު އަދި މައްސަލަ ހުށަހަޅާ ރަށާއި އަތޮޅު ފުލުހުން އަދި ޖެންޑާ މިނިސްޓްރީން ވެސް އާންމެއް ނުކުރާނެއެވެ. މިފަދަ މައްސަލަތަކުގައި ވަނަވަރު އާންމު ކުރުމަކީ ކުށެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ