
maleeh
ކޯޓުގެ ފުރާޅުން ފެން ލީކުވާތީ އަދުލު އިންސާފުގައި ބުރަކިޖެހިފައިވާ ކަމަށްބުނެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީޙް ޖަމާލް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައިމިވަނީ، ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގައި މިއަދު ވެސް ކެންސަލްކޮށްފައިވާތީއެވެ.
އެގޮތުން މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯޓުގެ ފުރާޅުން ފެން ލީކުވާތީ އަދުލު އިންސާފުގައި ބުރަކިޖެހިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަނީ 12 ފޫޓު 12 ފޫޓުގެ ފެނަކަ އިންޖީނުގެ ހުޅުވަމުން ކަމަށާއި، ނައިބުރައީސް ގެންދަވަނީ ޓިނު ގުދަން ސްކޫލް ހުޅުވަމުން ކަމަށެވެ.
މަލީހް ވަނީ، ރައީސް ނަޝީދު ގެންދަވަނީ ރުވާންޑާގައި މުރަކަ ވާހަކަ ދައްކަމުން ކަމަށާއި، ފޮރިން މިނިސްޓަރ ޓޫރިޒަމް ވާހަކަ ދައްކަން ޖެމެއިކާގައި ހުންނަވާ ކަމަށް އޭނާގެ ޓުވީޓުގައި ވިދާޅުވެފައެވެ.