logoEN
cocacola
އެފްއެފްޕީ އާ ހިލާފުވި 8 ކުލަބެއް ޔޫއެފާއިން ޖޫރިމަނާކޮށްފި

އެފްއެފްޕީ އާ ހިލާފުވި 8 ކުލަބެއް ޔޫއެފާއިން ޖޫރިމަނާކޮށްފި

އަލްފާ އަލީ

logo

9/3/2022, 2:05:54 PM

# ކުޅިވަރު# ފުޓްބޯޅަ# ޔޫއެފާ

_methode_times_prod_web_bin_ecd1b6d6-29fa-11ed-a830-74a6c8fbb722

ޔޫރަޕުގެ މައި ފުޓްބޯޅަ އިދާރާއިން، ފައިނޭންޝިއަލް ފެއަރ ޕްލޭ (އެފްއެފްޕީ) އާ ހިލާފުވި 08 ކުލަބެއް ޖޫރިމަނާކޮށްފި އެވެ.

ގޮސިޔާ

ޔޫއެފާއިން ޖޫރިމަނާ ކުރި ކްލަބުތަކުގެ ތެރޭގައި ފްރާންސް ގެ ޕީއެސްޖީ، އިޓަލީގެ އިންޓަ މިލާން، އޭސީ މިލާން، ރޯމާ، ޔުވެންޓަސްގެ އިތުރުން ފްރާންސްގެ މޮނާކޯ އާއި މާސޭ އަދި ތުރުކީގެ ބެސިކްޓަސް ހިމެނެއެވެ.

މި ކުލަބުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވަނީ ފްރާންސްގެ ޕީއެސްޖީ އެވެ. ޔޫއެފާއިން ވަނީ އެ ކުލަބު 10 މިލިއަން ޔޫރޯ (8.6 މިލިއަން ޕައުންޑް) އިން ޖޫރިމަނާކޮށްފަ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު ޖޫރިމަނާއެއް ކޮށްފައިވަނީ އިޓަލީގެ ރޯމާ އެވެ. އެކުލަބު 5 މިލިއަން ޔޫރޯ އިން ވަނީ ޖޫރިމަނާކޮށްފައެވެ.

އިންޓަ ހަތަރު މިލިއަން ޔޫރޯއިން ޖޫރިމަނާ ކޮށްފައިވާއިރު، ޔުވެންޓަސް ޖޫރިމަނާ ކުރީ 3.5 މިލިއަން ޔޫރޯ އިންނެވެ. އަދި އޭސީ މިލާން ޖޫރިމަނާކުރީ ދެ މިލިއަން ޔޫރޯ އިންނެވެ. އަދި ބެސިކްޓަސް ޖޫރިމަނާކުރީ ހަ ލައްކަ ޔޫރޯ އިންނެވެ. މޮނާކޯ އާއި މާސޭ ޖޫރިމަނާ މޮށްފައިވަނީ ތިން ލައްކަ ޔޫރޯއިންނެވެ.

ޔުއެފާ އިން ބުނީ މި ކްލަބުތައް ޖޫރިމަނާކުރީ 2018 އިން ފެށިގެން 2020 ވަނަ އަހަރާ ހަމަައަށް ކްލަބުތަކުގެ މާލީ ހިސާބުތައް ދިރާސާކުރުމަށް ފަހު، ތިން އަހަރުގެ ތެރޭގައި ލިބިފައިވާ އާމްދަނީއަށް ވުރެ އިތުރަށް ކްލަބުތަކުން ހަރަދު ކޮށްފައި ވާތީ އެވެ.

މި ކްލަބުތަކަށް މިހާރު ވަނީ މާލީ ހިސާބުތައް ޔޫއެފާއިން ދީފައިވާ މުއްދަތުގެ ތެރޭގައި ޔޫއެފާގެ ގަވައިދަށް ފެއްތުމަށް އަންގާފައެވެ. އެގޮތުން ރޯމާއާއި އިންޓަ މިލާނަށް ހަތަރު އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ދެން އޮތް ހުރިހާ ކްލަބުތަކައް ވެސް ތިން އަހަރުގެ މުއްދަތެއް ވަނީ ދީފައެވެ.

ޔޫއެފާއިން އިތުރަށް ބުނީ މި ގަވައިދާއި ޚިލާފުވެފައިވާ އިތުރު 19 ކުލަބެއްގެ މައްސަލަ ވެސް މިހާރު ބަލަމުން އަންނަކަމަށެވެ. މައްސަލަ ބެލުމަށް ފަހު އެ ކުލަބުތަކާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ. އެފްއެފްޕީއާ ހިލާފުވެގެން މިހާރު މައްސަލަ ބަލަމުން އަންނަ ކުލަބުތަކުގެ ތެރޭގައި ހިމެނެނީ ބޮރޫޝިއާ ޑޯޓްމަންޑް، ޗެލްސީ، ބާސެލޯނާ، އެފްސީ ބާސެލް، އެފްސީ ޔޫނިއަން ބާލިން، ފެނަބާޗޭ، ފޭނޫޑް، ލެސްޓަރ ސިޓީ، މެންޗެސްޓަރ ސިޓީ، ލިއޯން، ރޭންޖަސް، ރެއަލް ބެޓިސް، ރޯޔަލް އެންޓިވެޕް، ސެވިއްޔާ، ލާޒިއޯ، ނަޕޮލީ، ޓްރަބްޒޮންޕޯރ، ވުލްފްބާގް އަދި ވެސްޓް ހަމް ޔުނައިޓެޑެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ