
ދެއްވަދޫ ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލާފައި ހުއްޓާ ހޯދައިފި
# ފުލުހުން# ގއ.ދެއްވަދޫ# ވައްކަންviber_image_2022-09-02_01-05-06-390
ގއ ދެއްވަދޫ ފިހާރައެއް ފަޅާލައި ވަގަށްނަގާފައިވާ ބައެއް ތަކެތި ވަޅުލާފައި ހުއްޓާ ހޯދައިފިއެވެ.

ދެއްވަދޫއިން މިނޫހަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ފިހާރަ ފަޅާލައި ވައްކަން ކުރި މީހާ އެފިހާރައިގެ ސީސީޓީވީ ކެމެރާތަކަށް އަރާފައިވާ ކަމަށާއި، އޭނާ ވަގަށް ނެގި ބައެއް ތަކެތި އެރަށު ޒުވާނުން ނުކުމެ މިހާރު ހޯދާފައިވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ވައްކަން ކޮށްފައިވަނީ ފިހާރައިގެ ވެރިމީހާވެސް ރަށުގައި ނެތް ވަގުތެއްގައި ކަމަށެވެ.
ވަގަށް ނެގި ތަކެތީގެ ތެރެއިން ވަޅުލާފައި ހުއްޓާ ގިނަ އަދަދެއްގެ ސިނގިރޭޓު ފެނުނު ނަމަވެސް، އަދިވެސް ބައެއް ތަކެތި ފެނިފައިނުވާ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އަދި ވަޅުލާފައި ހުއްޓާ ފެނުނު ތަކެތި ފުލުހުންގެ ނަގައިގެން ގެންގޮސްފައިވާ ކަމަށާއި، މިމައްސަލައިގައި ވައްކަން ކުރި މީހާވެސް ހައްޔަރުކޮށްފައިވާ ކަމަށް ދެއްވަދޫއިން މައުލޫމާތު ދިން މީހާ ބުންޏެވެ.