logoEN
ޕީއެންސީ 2
ހަވަރު ސްޕޯޓްސްގެ ހަތަރު ވަނަ ދައުރުގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކޮށްފި

ހަވަރު ސްޕޯޓްސްގެ ހަތަރު ވަނަ ދައުރުގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކޮށްފި

އަހުމަދު ޝުރާއު

logo

8/27/2022, 12:17:27 AM

# ހަވަރު ސްޕޯޓްސް

80DF6E83-C451-452A-9935-A3F52053F717

ހުވަދު އަތޮޅުގައި އެންމެ ހިންގުންތެރި އެއް ކްލަބް ކަމަށްވާ ، ހަވަރު ސްޕޯޓްސްގެ އައު ހިންގާ ކޮމެޓީގެ އިންތިހާބު ބާއްވައިފި އެވެ.

ޝަރީ 2024

މިރޭ ބޭއްވި މި އިންތިހާބު ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށް އިލެކްޓްރޯނިކް ވޯޓިންގ އެއް ގޮތުގައެވެ. މިރޭގެ އިންތިހާބުގައި ކްލަބުގެ ގިނަ މެމްބަރުންތަކެއް ވަނީ ބައިވެރިވެފައެވެ.

މިރޭ ބޭއްވި އިންތިހާބުގައި އެކްލަބުގެ އެސްކޯއަށް 9 މެމްބަރުންނާއި އެޑްވައިޒަރީ ކޮމެޓީއަށް 3 މެމްބަރަކު ވަނީ އިންތިހާބުކޮށްފައެވެ.

މިރޭގެ އިންތިހާބުގައި އެކްލަބުގެ 4 ވަނަ ދައުރުގެ ރައީސްއަކަށްވެސް ހޮވިފައިވަނީ ނިމިދިޔަ ދައުރުވެސް އެކްލަބުގެ ރައީސްކަން ކުރެއްވި އަބްދުލްމުޢުނީ އެވެ. ނައިބު ރައީސުންނަށް ހޮވިފައިވަނީ އިބްރާހިމް މުހައްމަދުގެ އިތުރުން މުހައްމަދު ޤަސަމް އެވެ.

އެސްކޯގެ އެހެނިހެން މަޤާމްތަކާއި އިންތިހާބުވި ފަރާތްތަށް:

ޖެނެރަލް ސެކެޓްރީ : އަލްމާސް ޒުހައިރު

ބަޖެޓް އޮފިސަރ: އިސްމާއިލް އަފީފް

ސްޕޯޓްސް ޑިވެލޮޕްމެންޓް އޮފިސާރ : ސާމިރު މުހައްމަދު ، އިބްރާހިމް އަބްދުލްހައްޔު

ކޯޑިނޭޓަރު : އަގީލް އިބްރާހިމް

ޕްރޮގްރާމް އޮފިސަރ: އަހުމަދު މުއައްމަރު

މީގެ އިތުރުން އިތުރު 3 މެމްބަރަކު ވަނީ އެޑްވައިޒަރީ ކޮމެޓީއަށް އިންތިހާބުކޮށްފައެވެ. އެގޮތުން އެޑްވައިޒަރީ ކޮމެޓީއަށް އިންތިހާބުވެފައިވަނީ މުހައްމަދު ނިޒާމް އާއި މުހައްމަދު މަމްދޫހްގެ އިތުރުން އިރުފާއު އަބްދުﷲ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ