17 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަނީ

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުުލުހުން ވިދާޅުވީ ސެންޓަރަލް ޑިވިޝަން އަތޮޅުގެ ތެރޭގައި ހިމެނޭ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ ރޭ 20:30 ހާއިރު ކަމަށް ފުލުުހުން ވިދާޅުވިއެެވެ.

މި މައްސަލަ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޓީމެެއްވެސް ވަނީ އެރަށަށް ގޮސްފައެވެެ.  އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާކަމެއް އަދި ފުލުހުން ހާމަކުރައްވަފައެއް ނުވެއެވެެ.

ޖިންސީ ގޯނާގެެ މައްސަލަތައް ރައްޖޭގައި މިހާރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެެވެ. އަދި މިފަދަ މައްސަލަތަކުގައި އަނިޔާލިބޭ ފަރާތުގެެ އަބުރު ރައްކާތެރިކުރުމަށްޓަކާ އަތޮޅާއި ރަށް ފަދަ ވަނަވަރު އެނގިދާނެ އެެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް