އަނެއްކާވެސް ޓްރަމްޕް އިމްޕީޗް ކޮށްފި

ޢެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިން އަނެއްކާވެސް އިންޕީޗްކޮށް، އިތުބާރު ނެތްކަމަށް ފާސްކޮށްފިއެވެ.

މިއީ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިން ޓްރަމްޕް އިންޕީޗްކުރި ދެވަނަ ފަހަރެވެ.

ހައުސް އޮފް ރެޕްރެސެންޓޭޓިވްސް އިން ޓްރަމްޕް އިންޕީޗްކޮށް އިތުބާރު ނެތް ކަމަށް ނިންމާފައި މިވަނީ، މިމަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓަލް ހިލްއަށް އޭނާ އަށް ތާއީދުކުރާ ފަރާތްތަކުން ހަމާދިން ދިނުމުގައި ޓްރަމްގެ ބައިވެރިވުން އޮތްކަމަށް ބަލާ، މަގާމުން ދުރުކުރުމަށް މައްސަލަ އެމެރިކާގެ ސެނެޓަށް ފޮނުވުމަށްޓަކައެވެ.

އެމެރިކާގެގާނޫނު ހަދާ މަޖިލިހުން، ޓްރަމްޕް މަގާމުން ދުކުރުމަށް، އެގައުމުގެ ނާއިބު ރައީސަށް ގޮވާލާ ގަރާރެ މީގެ އެއްދުވަސްކުރިން ވަނީ ފާސްކޮށްފައެވެ.

ކޮންގްރެސްގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިންގެ މެމްބަރުން ޕާޓީ ލައިނުން ވޯޓުދީގެން ފާސްކުރި ގަރާރުގައި އެމެރިކާގެ ނާއިބު ރައީސް މައިކް ޕެންސަށް ގޮވާލާފައިވަނީ، ގާނޫނު އަސާސީއަށް ގެނެވިފައިވާ 25 ވަނަ އިސްލާހުގެ ބޭނުންކޮށްގެން، ރައީސް ޑޮނަލްޑް ޓަރަޕްމް މަގާމުން ދުރު ކުރުމަށެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް