ހުވަދޫ ސްވިމިންގ ކުލަބުގެ "މޫދު ކަސްރަތު ޕްރޮގްރާމް 2021″ ފަށައިފިއެވެ.
ޖުމްލަ 48 ބައިވެރިންނާއިއެކު ފެށި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ގދ.ތިނަދޫ އިރުމަތިފަރާތުގައި އޮންނަ ފަތާ ޓްރެކް ސަރަހައްދުގައެވެ.
ހުވަދޫ ސްވިމިންގ ކުލަބުގެ ފަރާތުން "ގާފު" އަށް މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނާއި ހަވީރު ކުލާސްތަކެއް ކުރިއަށް ދާނެ ކަމަށްވެސް އެ ކުލަބުގެ ފަރާތުން މައުލޫމާތު ދިނެވެ.
މޫދު ކަސްރަތު ޕްރޮގްރާމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ އިތުރުން ބަރުދަން ލުއި ކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ތަމްރީނުކޮށްދޭނީ ތަޖުރިބާހުރި އިންސްޓްރަކްޓަރުންނެވެ.
ހުވަދޫ ސްވިމިންގ ކުލަބަކީ ހުވަދު އަތޮޅުގައި ފެތުމުގެ ރޫހު އާލާކޮށް ކުޑަކުދިންނާއި ޒުވާނުން ފެތުމުގެ ދާއިރާއިން ތަމްރީނު ކުރުމުގެ އިތުރުން މޫދު ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ވިސްނުމުގައި މިދިޔަ އަހަރު އުފެދުނު ޖަމިއްޔާއެކެވެ.
One Response
ލިޔުމުގެ ފެންވަރު ވަރަށް ދަށް