ފީނިކްސް ބަލިކޮށް ނޯޗޮއިސް ފައިނަލަށް

ހަވަރު ޔޫތް ކަޕުގެ ސެމީފައިނަލްގައި އެފްސީ ފީނިކްސް ބަލިކޮށް ފައިނަލްގެ ޖާގަ އެފްސީނޯޗޮއިސްއިން ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގައި ފީނިކްސްގެ މައްޗަށް ނޯޗޮއިސް ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފުރަތަމަ ލީޑް ނެގީ ފީނިކްސް އިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމިގެ ޖާޒީ ނަންބަރު 9 ، މުހައްމަދު ނަޖާހުއެވެ. އެހެންނަމަވެސް އެގޯލަށް މާގިނަ އިރުތަކެއް ނުވަނީސް ނޯޗޮއިސް އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެޖާޒީ ނަމްބަރު 9 ، އިބްރާހިމް އަހުމަދު އެވެ.

ދެވަނަ ހާފު ފެށިގެން ނޯޗޮއިސްއިން ވަނީ ގިނަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުގެ ޖާޒީ ނަންބަރު 4 ، އަހުމަދު އަބްދުލް އަޒީޒްޖެހި ގޯލާއި އެކު މެޗުގެ ލީޑް ނޯޗޮއިސް އިން ނެގިއެވެ. އެހެން ނަމަވެސް އެގޯލަށް މާގިނަ އިރުތަކެއް ނުވަނީސް ފީނިކްސްގެ ނަޖާހު ވަނީ ގޯލެއް ޖަހައި ނަތީޖާހަމަހަމަކޮށްފެއެވެ. މިއާއި އެކު ނޯޗޮއިސް އިން އަނެއްކާވެސް ކުޅުން ވަރުގަދަކޮށް އިތުރު ގޯލެއް ކާމިޔާބުކުރިއެވެ. މި ގޯލުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން އިބްރާހިމް އަހުމަދު އެވެ. އަދި ގޯލަށްވެސް މާގިނަ  އިރުތަކެއް ނުވަނީސް ބައިކޮޅަށް ވަތް ގޯލަކާއި އެކު ނޯޗޮއިސްގެނަތީޖާ 4-2 ކަށް ބަދަލުވެގެން ދިޔައެވެ.

މިމެޗުގައި ފީނިކްސްގެ ކުޅުންތެރިޔަކަށް ވަނީ ރަތް ކާޑެއްވެސް ދައްކާފައެވެ.

ނޯޗޮއިސްއާއި ފައިނަލްގައި ވާދަކުރާނީ ކާޑެއްދޫ އެފްސީއެވެ. ކާޑެއްދޫ އެފްސީ ފައިނަލަށް ދަތުރުކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 3-1 ގެނަތީޖާއަކުން ހޯނޑެއްދޫ އެފްސީ ބަލިކުރުމުންނެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 10 ވަނަ ދުވަހުގެ ހަވީރުއެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ  ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ،ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއްދިނުމަށް ވަނީ ހަމަޖެެހިފައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް