logoEN
cocacola
އެންމެ ބޮޑު ގޮންޖެހުމަކީ ގިނަ ކުޅުންތެރިން އިންޖަރީގައި ތިބުން - ފީނިކްސްގެ ކޯޗު އަމްޖަދު

އެންމެ ބޮޑު ގޮންޖެހުމަކީ ގިނަ ކުޅުންތެރިން އިންޖަރީގައި ތިބުން - ފީނިކްސްގެ ކޯޗު އަމްޖަދު

އަހުމަދު ޝުރާއު

logo

1/8/2021, 4:42:47 AM

# ހަވަރު ޔޫތް ކަޕް 2020

134220685_728169084787466_9050739643397868917_o

ހަވަރު ޔޫތް ކަޕްގެ ސެމީފައިނަލްގައި ނޯޗޮއިސް އާއި ދެކޮޅަށް ނުކުންނަ އިރު ޓީމުގައި ގިނަ އިންޖަރީތަކެއް ހުރުމަކީ ކަންބޮޑުވާކަމެއް ކަމަށް އެފްސީ ފީނިކްސްގެ ކޯޗު އަމްޖަދު ނަސީރު ބުނެފިއެވެ.

ގޮސިޔާ

މެޗުގެ ކުރިން ގާފު ސްޕޯޓްސްއަށް ދެއްވި އިންޓަވިއުއެއްގައި ކޯޗު އެންމެ ބޮޑަށް ފާހަގަކުރީ ގާތް ގާތުގައި މެޗުތަށް ކުޅެން ޖެހުމުގެ ޝަކުވާއެވެ. އެގޮތުން މެޗުތަށް ކައިރިކައިރީގައި ކުޅުމުގެ ސަބަބުން އިންޖަރީތަށް ރަނގަޅު ވުމަށް އެދެވިގެންވާ ވަގުތު ނުލިބުމަކީ ސެމީ ފައިނަލް މެޗަށް އޮތް ގޮންޖެހުމެއް ކަމަށް ކޯޗު ބުނެއެވެ. އަދި މިވަގުތު ޓީމުގެ 50 ޕަސެންޓް ކުޅުންތެރިން ތިބީ އިންޖަރީގައި ކަމަށާއި ވިއްސާރައިގެ ސަބަބުން މެޗަށް ޕްރެކްޓިކްސް ނުކުރެވުމަކީ ވެސް މިމެޗަށް އޮތް ޗެލެންޖެއް ކަމަށްވެސް ކޯޗު ވަނީ ބުނެފައި އެވެ.

ކޯޗު އިތުރަށް ފާހަގަކުރިގޮތުގައި އިންޖަރީތަކާއި އެކުވެސް ފީނިކްސްގެ ހިތްވަރުގަދަ ކުޅުންތެރިން މެޗުގައި ރަނގަޅު ފައިޓެއްދޭނެއެވެ. އަދި މެޗަށް ނުކުންނާއި ފައިނަލަށް ދިޔުމުގެ އަޒުމުގައި ކަމަށާއި މި މެޗުގައި ފީނިކްސް ކުޅުންތެރިންގެ ފަރާތުން ރަނގަޅު ޑިސިޕްލިން އެއް ދައްކާނެކަމަށްވެސް ވަނީ ބުނެފައެވެ. މިއަދުގެ މެޗަށް މޫސުން ގޯސް ވުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ކޯޗު ވަނީ މި އިންޓަވިއުގައި ބުނެފައިއެވެ.

ގައްދޫ އަށް ނިސްބަތްވި ކަމުގައި ވީނަމަވެސް މި މެޗަކީ ތިނަދޫއާއި ގައްދޫގެ ފުޓްބޯޅަ ވާދަވެރިކަން ދައްކަން ނިކުންނަ މެޗެއް ނޫންކަމަށް ވެސް ކޯޗު ބުނެއެވެ. އެގޮތުން މި މުބާރާތުގައި ޓީމުން ވާދަކުރީ އަތޮޅު ވާދަވެރިކަމަށް ވުރެ ބޮޑަށް އަތޮޅު ތެރޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވޭ ކަމަކަށް ވުމުންކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

ސެމީފައިނަލްގައި ނޯޗޮއިސްއާއި ދެކޮޅަށް ފީނިކްސް ނުކުންނަ އިރު މި ދެޓީމުވަނީ ގްރޫޕް ސްތޭޖުގައިވެސް ވާދަކޮށްފައެވެ. އެމެޗު ނިމުނީ 1-1 ކުން އެއްވަރުވެގެންނެވެ.

ނޯޗޮއިސް އަދި ފީނިކްސް ބައްދަލުކުރާ ސެމީފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:50 ގައި ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައިއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރީ ހޯނޑެއްދޫ އެފްސީ އަދި ކާޑެއްދޫ އެފްސީއެވެ. 3-1 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކުރީ ކާޑެއްދޫ އެފްސީއިންނެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 10 ވަނަ ދުވަހުގެ ހަވީރު އެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެެހިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ