logoEN
ކޮކާކޯލާ
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ސެމީ ފައިނަލް މިރޭ!

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ސެމީ ފައިނަލް މިރޭ!

ޙުސައިން އާހިލް

logo

7/13/2022, 11:55:00 AM

# ހަވަރު ސްޕޯޓްސް# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022

GMG_2380

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022ގެ ސެމީ ފައިނަލްގެ މެޗުތައް މިރޭ ކުޅުމަށް ތައްޔާރުވެއްޖެ އެވެ.

އަބުޅޯ

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާފައިވަނީ މިމަހުގެ 11 ގައެވެ. މުބާރާތުގެ ގްރޫޕް އޭ އިން ސެމީއަށް ދަތުރުކުރީ ފިޓް ފެމިނިން އާއި ވިކްސެން އެވެ. ގްރޫޕް ބީ އިން ސެމީ އަށް ދަތުރުކުރީ އައުޓްލޯޒް އާއި ބީސީ ހަބޭސް އެވެ.

މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ގދ. ތިނަދޫއިން ބޭރުގެ ޓީމެއްވެސް ބައިވެރި ވިއެވެ. އެއީ ލ. ގަން ޑަބްލިއުޑީސީ ޓީމެވެ. ގްރޫޕް ސްޓޭޖުގައި ވިކްސެން ޓީމާ ބައްދަލުކުރި މެޗުން ބަލިވެ، އެޓީމު ވަނީ މުބާރާތުން ކަޓައިފައެވެ.

މިރޭ އޮންނަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފިޓް ފެމިނިން އާއި އައުޓްލޯޒް ޓީމެވެ. މި ދެ ޓީމުގައިވެސް ރާއްޖޭގެ ފަސްޓް ޑިވިޝަންގެ ކުޅުންތެރިންނާއި ބޭރުގެ ކުޅުންތެރިން ހިމެނެއެވެ. އެގޮތުން އައުޓްލޯޒްގައި ސްރީލަންކާގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކެޕްޓަނާއި އިތުރު ކުޅުންތެރިއެއްގެ އިތުރުން، ރާއްޖޭގެ ގައުމީ ހޭންޑް ބޯލް ޓީމުގެ ކުޅުންތެރިންނާއި ފަސްޓް ޑިވިޝަންގެ ކުޅުންތެރިން ހިމެނެއެވެ. އަދި ފިޓް ފެމިނިން ގައި ބަންގްލަދޭޝްގެ ގައުމީ ހޭންޑްބޯލް ޓީމުގެ ދެ ކުޅުންތެރިއަކާއި ރާއްޖޭގެ ފަސްޓް ޑިވިޝަންގެ ކުޅުންތެރިން ހިމެނެއެވެ.

undefined

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބީސީ ހަބޭސް އާއި ވިކްސެން ޓީމެވެ. ވިކްސެން ޓީމުގައި އިންޑިއާގެ ދެކުޅުންތެރިއަކާއި ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެެރިންގެ އިތުރުން ފަސްޓް ޑިވިޝަންގެ ކުޅުންތެރިންވެސް ހިމެނެއެވެ. އަދި ބީސީ ހަބޭސް ޓީމުގައި ޔޫރަޕްގެ ގައުމެއް ކަމަށްވާ ސާބިއާގެ ދެ ކުޅުންތެރިއަކާއި ރާއްޖޭގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކުޅުންތެރިންވެސް ހިމެނެއެވެ.

މިރޭގެ މި ދެ މެޗުވެސް، މުބާރާތުގެ ސްޓްރީމިންގ ޕާޓްނަރ، އިވެންޓް ކާސްޓުން ލައިވް ކުރާނެ އެވެ.

މި މުބާރާތަކީ ހަވަރު ސްޕޯޓްސް އިން ބާއްވާ ހަތަރުވަނަ ހޭންޑްބޯލް މުބާރާތެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.

ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ