logoEN
ޕީއެންސީ 2
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ލ. ގަން ބަލިކޮށް، ވިކްސެން ސެމީއަށް

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ލ. ގަން ބަލިކޮށް، ވިކްސެން ސެމީއަށް

ޙުސައިން އާހިލް

logo

7/10/2022, 11:38:36 PM

# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# ހަވަރު ސްޕޯޓްސް# ލ. ގަން ޑަބްލިއުޑީސީ# ވިކްސެން

GMG_1178

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022 ގައި މިރޭ، ލ. ގަން ޑަބްލިއުޑީސީ ޓީމާއި ވިކްސެން ބައްދަލު ކުރި މެޗު ކާމިޔާބުކޮށް، ވިކްސެން އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ޝަރީ 2024

މި މެޗުގެ ފުރަތަމަ ހާފުގައި ވިކްސެން އިން ވަނީ ބޮޑު ލީޑެއް ނަގައިފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 23 - 06 ގެ ނަތީޖާއިން ވިކްސެން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައިވެސް ގިނަ ގޯލު ޖަހާފައިވަނީ ވިކްސެން އިންނެވެ. މެޗު ނިމިގެން ދިޔައީ 39 - 10 ގެ ނަތީޖާއިން ވިކްސެން މޮޅުވެގެންނެވެ.

މި މެޗު ވިކްސެން އިން ކާމިޔާބު ކުރި އިރު، މިއީ ދެ ޓީމަށްވެސް މުޙިއްމު މެޗެކެވެ. މިއީ ގްރޫޕް އޭއިން ސެމީގެ ދެވަނަ ޖާގަ ކަށަވަރުކުރާ ޓީމު ކަނޑައެޅުނު މެޗެވެ. މި މެޗުން ވިކްސެން މޮޅުވުމާއެކު އެޓީމަށް ވަނީ ސެމީ ފައިނަލުން ޖާގަ ކަށަވަރުވެފައެވެ. އަދި މި މެޗުން ބަލި ވުމާއެކު ލ. ގަން ޑަބްލިއުޑީސީ ޓީމު މިވަނީ މުބާރާތުން ކަޓައިފައެވެ.

ގްރޫޕް އޭ އިން ފައިނަލުގެ ޖާގަ ދެން ކަށަވަރުކޮށްފައިވަނީ ފިޓް ފެމިނިން އިންނެވެ. ގްރޫޕް ބީއިން ސެމީގެ ޖާގަ ކަށަވަރުކޮށްފައިވަނީ ބީސީ ހަބޭސް އާއި އައުޓްލޯޒް އިންނެވެ. ނަމަވެސް އެ ދެ ޓީމުގެ މެޗެއް މާދަމާ ރޭ ކުޅުމަށް ވަނީ ޝެޑިއުލް ކުރެވިފައެވެ. އެއީ މި މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ކުޅޭނެ ފަހު މެޗުވެސް މެއެވެ.

މި މުބާރާތަކީ ހަވަރު ސްޕޯޓްސް އިން ބާއްވާ ހަތަރުވަނަ ހޭންޑްބޯލް މުބާރާތެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.

ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ