logoEN
ޕީއެންސީ 2
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ބީސީ ހަބޭސް އަތުން ބަލިވެ، ބީސީ ހަބޭސް ޖޫނިއަރސް ކަޓައިފި

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ބީސީ ހަބޭސް އަތުން ބަލިވެ، ބީސީ ހަބޭސް ޖޫނިއަރސް ކަޓައިފި

ޙުސައިން އާހިލް

logo

7/9/2022, 9:51:12 PM

# ހަވަރު ސްޕޯޓްސް# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# ބީސީ ހަބޭސް

GMG_9226

މަކީޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓްގައި މިރޭ، ބީސީ ހަބޭސް އާއި ބީސީ ހަބޭސް ޖޫނިއަރސް ޓީމް ބައްދަލުކުރި މެޗުން ބަލިވެ ޖޫނިއަރސް ޓީމް މުބާރާތުން ކަޓައިފިއެވެ.

ޝަރީ 2024

މިރޭގެ މެޗުގައި ބީސީ ހަބޭސް އިން، ބީސީ ހަބޭސް ޖޫނިއަރސްގެ މައްޗަށް ކުރި ހޯދީ ފަސޭހަ ކަމާ އެކުގައި، ބޮޑު ތަފާތަކުންނެވެ. ފުރަތަމަ ހާފުގައި އެކަނިވެސް ބީސީ ހަބޭސްއިން ޖޫނިއާސް ޓީމުގެ ކޮޅަށް 28 ގޯލު ޖަހާފައިވެއެވެ. ޖޫނިއަރސް ޓީމަށް އެ ހާފުގައި ޖެހުނީ އެންމެ ގޯލެކެވެ.

ދެވަނަ ހާފުގައި ބީސީ ހަބޭސް އިން ވަނީ ލީޑު ފުޅާކޮށ،ް 65 - 7 ގޯލުގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ ޕްލޭޔަރ އޮފް ދަ މެޗްގެ ގޮތުގައި ހޮވިފައިވަނީ ބީސީ ހަބޭސްގެ ޖާޒީ ނަމްބަރު 19، އާމިނަތު ޒައިނާ ރިޔާޒް އެވެ.

ބީސީ ހަބޭސް ޖޫނިއާ އަކީ ގދ. ތިނަދޫ އަށް ނިސްބަތްވާ ޖޫނިއާ ކުޅުންތެރިން ހިމެނޭ ޓީމެކެވެ. ބީސީ ހަބޭސް ޓީމަކީ ސާބިއާގެ ދެ ކުޅުންތެރިއަކާއި ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެރިންވެސް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓީމެކެވެ. މިރޭގެ މި މެޗަކީ މުބާރާތުގައި ބީސީ ހަބޭސް ކުޅޭ ފުރަތަމަ މެޗްވެސް މެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބީސީ ހަބޭސް ދެން ކުޅޭނީ އައުޓްލޯޒް އާއެވެ. އެ މެޗު އޮންނާނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 20:30 ގައެވެ.

މިއީ ހަވަރު ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 4 ވަނަ ހޭންޑްބޯލް މުބާރާތެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.

ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ