logoEN
cocacola
ހަވަރު ޔޫތް ކަޕް 2020- ކާޑެއްދޫ އެފްސީ ފައިނަލަށް

ހަވަރު ޔޫތް ކަޕް 2020- ކާޑެއްދޫ އެފްސީ ފައިނަލަށް

އަހުމަދު ޝުރާއު

logo

1/7/2021, 5:56:35 PM

# ހަވަރު ޔޫތް ކަޕް 2020

4C7854F8-88D0-46FE-87D3-E296A85D3F4B

ހަވަރު ޔޫތް ކަޕުގެ ސެމީ ފައިނަލްގައި ހޯނޑެއްދޫ އެފްސީ ބަލިކޮށް ކާޑެއްދޫ އެފްސީ ފައިނަލަށްދަތުރުކޮށްފި އެވެ.

ގޮސިޔާ

މިއަދު ހަވީރު ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗު ކާޑެއްދޫ އެފްސީއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ހޯނޑެއްދޫ އެފްސީއަށް މެޗުގެ ލީޑު ނަގައިދިނީ ޖާޒީ ނަންބަރު 19 ، މުހައްމަދު އިއުފާފް އެވެ. ގޯލަށްފަހު ކާޑެއްދޫ އެފްސީއިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފައެވެ. ނަމަވެސް މި ހަމަލާތަކުގެ ހުރަހަކަށްވީ ހޯނޑެއްދޫ ޓީމުގެ ޒުވާންކީޕަރެވެ.

ދެވަނަ ހާފު ފެށިގެން ބޯޅަ ޑޮމިނޭޓްކޮށްގެން ކުޅުނީ ކާޑެއްދޫ އެފްސީއެވެ. ރީތި މޮޅު ކުޅުމެއް ފެނިގެން ދިޔަ މި ހާފުގައި ހޯޑެއްދޫއަށް ހެދިފައިވަނީ މަދު ޝޮޓުތަކެކެވެ. މެޗުގެ ނަތީޖާ އެއްވަރު ކުރި ގޯލު ކާޑެއްދީ އެފްސީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 10 ޒަމްއަތު މުހައްމަދު ވަހީދުއެވެ. އަދި އޭރިއާތެރެއިން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އަނބުރާދިނީ ކާޑެއްދޫ އެފްސީގެ ޖާޒީ ނަންބަރު 10 ، އާދަމް ލަރީފް އެވެ. އަދި މެޗުގެ ފަހުމިނެޓުގައި ޖެހި ކާޑެއްދޫގެ 3 ވަނަ ގޯލު ޖަހައިދިނީވެސް ލަރީފް އެވެ.

މިނަތީޖާއާއި އެކު ފައިނަލްގެ ފުރަތަމަ ޖާގަ ހޯނޑެއްދޫއަށް ލިބުނު އިރު ފައިނަލްގެ ދެވަނަ ޖާގަ ޔަގީންވެގެންދާނީ މާދަން ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗަށްފަހުއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ އެފްސީ ނޯޗޮއިސް އަދި އެފްސީ ފީނިކްސް އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށްހަމަޖެހިފައިވަނީ ޖެނުއަރީ 10 ވަނަ ދުވަހުގެ ހަވީރުއެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ،ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއްދިނުމަށް ވަނީ ހަމަޖެެހިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ