logoEN
ޕީއެންސީ 2
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ލ. ގަން ޓީމް އަތުން ބަލިވެ، މުރާލި ކަނބަލުން ކަޓައިފި

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ލ. ގަން ޓީމް އަތުން ބަލިވެ، މުރާލި ކަނބަލުން ކަޓައިފި

ޙުސައިން އާހިލް

logo

7/9/2022, 12:02:07 AM

# ހަވަރު ސްޕޯޓްސް# ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# ލ. ގަން ޑަބްލިއުޑީސީ# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# މުރާލި ކަނބަލުން

GMG_8231

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ލ. ގަން ޑަބްލިއުޑީސީގެ ޓީމު އަތުން ބަލިވެ، މުރާލި ކަނބަލުންގެ ޓީމު، މުބާރާތުން ކަޓައިފިއެވެ.

ޝަރީ 2024

މި މެޗު ލ. ގަން ޑަބްލިއުޑީސީ ޓީމު ކާމިޔާބުކުރީ ފަސޭހަކަމާއެކު އެވެ. އެގޮތުން ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ 10 ގޯލުގެ ލީޑެއް ނަގާފައެވެ. އެ ޓީމުން 11 ގޯލު ޖެހި އިރު މުރާލި ކަނބަލުންގެ ޓީމަށް ފުރަތަމަ ހާފުގައި ޖެހުނީ އެންމެ ގޯލެކެވެ. ދެވަނަ ހާފުގައި، ލީޑު ފުޅާކޮށް، ބޮޑު ތަފާތަކުން މެޗު ކާމިޔާބުކުރީ ލ. ގަން ޓީމުންނެވެ. މެޗު ނިމިގެން ދިޔައީ 03 - 23 ގޯލުގެ ނަތީޖާއަކުން ލ. ގަން ޓީމު މޮޅުވެގެންނެވެ،

މިއީ މި ދެ ޓީމުވެސް މުބާރާތުގައި ކުޅޭ ދެވަނަ މެޗެވެ. ލ. ގަން ޑަބްލިއުޑީސީ ޓީމު މީގެ ކުރިން ބައްދަލުކުރީ، މުބާރާތުގެ ފައިނަލަށް މިހާރު ދަތުރުކޮށްފައިވާ ފިޓް ފެމިނިން ޓީމާއެވެ. އެ މެޗުން ލ. ގަން ޓީމު ބަލިވީ 41 - 20 ގޯލުގެ ނަތީޖާއިންނެވެ. އަދި މުރާލި ކަނބަލުން މީގެ ކުރިން ބައްދަލުކުރީ ވިކްސެން ޓީމާއެވެ. އެ މެޗުގައި މުރާލި ކަނބަލުން ބަލިވީ 58 - 08 ގޯލުގެ ނަތީޖާއިންނެވެ.

މިއީ މުރާލި ކަނބަލުންގެ ޓީމުން ބައިވެރިވާ މިފަދަ ފުރަތަމަ މުބާރާތެވެ. އެ ޓީމުގައި ގިނައިން ހިމެނެނީ ގދ. ތިނަދޫއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ލ. ގަން ޑަބްލިއުޑީސީ ޓީމުގައި ހިމެނެނީ ލ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންތަކެކެވ.ެ އަދި އެޓީމަކީ މި މުބާރާތުގައި ގދ. ތިނަދޫއިން ބޭރުން ބައިވެރިވާ ހަމައެކަނި ޓީމުވެސް މެއެވެ.

ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022ގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.

ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.

މި މުބާރާތް މިއަހަރު ބާއްވާނެކަމަށް ހަވަރުސްޕޯޓްސްއިން އިއުލާނުކުރީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިއަހަރުގެ މުބާރާތަކީ ހަވަރު ސްޕޯޓްސްއިން ބާއްވާ ވުމެންސް ހޭންޑްބޯލް ޓޯނަމެންޓްގެ 4 ވަނަ މުބާރާތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ