logoEN
ޕީއެންސީ 2
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ވިކްސެންގެ މައްޗަށް ކުރިހޯދައި، ފިޓްފެމިނިން ސެމީއަށް

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ވިކްސެންގެ މައްޗަށް ކުރިހޯދައި، ފިޓްފެމިނިން ސެމީއަށް

ޙުސައިން އާހިލް

logo

7/8/2022, 10:20:34 PM

# ހަވަރު ސްޕޯޓްސް# ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# ފިޓް ފެމިނިން# ަވިކްސެން

GMG_7540

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގައި މިރޭ، ވިކްސެން އާއި ފިޓްފެމިނިން ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ފިޓްމެނިނިން އިން ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ޝަރީ 2024

މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު، ހާފު ނިމުނީ 19 - 16 އިން ވިކްސެން ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފުގައި ވިކްސެން ޓީމަށް ދެ ރީނދޫ ކާޑު ދައްކާފައިވާއިރު، ފިޓް ފެމިނިން އަށްވެސް ދެ ކާޑު ދައްކާފައިވެއެވެ. ރީނދޫ ކާޑު ދައްކާފައިވަނީ ވިކްސެން ޓީމުގެ ޖާޒީ ނަމްބަރު 13، ސަޕްނާ ކަޝްޔަޕް އާއި ޖާޒީ ނަމްބަރު 8 ފާތިމަތް ޔަޝްފާ އަށެވެ. ފިޓް ފެމިނިން ޓީމަށް ލިބުނު ރީނދޫ ކާޑު ދައްކާފައިވަނީ އެ ޓީމުގެ ޖާޒީ ނަމްބަރު 6، ސުމީ ބޭގަމް އާއި، ޖާޒީ ނަމްބަރު 12، މަރިޔަމް އިނާޔާ އަށެވެ.

ދެވަނަ ހާފުގައިވެސް ވާދަވެރި، ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ އޮއިވަރު ބަދަލުވީ، މެޗުގެ ތެރެއިން ވިކްސެން ޓީމުގެ ގޯލް ކީޕަރަށް ރަތް ކާޑެއް ދެއްކި ހިސާބުންނެވެ. އެއާއެކު ޓީމުގެ އެއް ކުޅުންތެރިއަކު ފައިބައި، ސަބްސްޓިޓިއުޓް ކީޕަރު އަރުވާފައިވެއެވެ. އަދި އޭގެ އިތުރުންވެސް، ސަބްސްޓިޓިއުޝަނަކަށް ދަނޑުން ފޭބި ކުޅުންތެރިއަކަށްވެސް ރެފްރީ ވަނީ ރަތް ކާޑެއް ދައްކާފައެވެ. އެއާއެކު ލިބުނު އެޑްވާންޓޭޖުގައި ފަހަތުން އަރައި ފިޓް ފެމިނިން އިން ވަނީ އިތުރު ގޯލުތަކެއް ޖަހައި، މެޗުގެ ލީޑު ނަގާފައެވެ. މެޗު ނިމިގެން ދިޔައީ 27 - 29 ގެ ނަތީޖާއިން ފިޓް ފެމިނިން މޮޅުވެގެންނެވެ.

މިއީ މި ދެ ޓީމުވެސް މުބާރާތުގައި ކުޅޭ ދެވަނަ މެޗެވެ. ވިކްސެން ޓީމު މީގެ ކުރިން ބައްދަލުކުރީ މުރާލި ކަނބަލުންގެ ޓީމާއެވެ. އެ މެޗު ވިކްސެން ކާމިޔާބުކުރީ 58 - 08 ގޯލުގެ ނަތީޖާއިންނެވެ. ފިޓް ފެމިނިން މީގެ ކުރިން ބައްދަލުކުރީ ލ. ގަން ޑަބްލިއުޑީސީ ޓީމާއެވެ. އެ މެޗު ފިޓްމެނިނިން ކާމިޔާބުކުރީ 41 - 20 ގޯލުގެ ނަތީޖާއިންނެވެ، ވިކްސެން ޓީމުގައި ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެރިއަކާއި ބޭރު ދެ ކުޅުންތެރިން ހިމެނޭއިރު، ފިޓް ފެމިނިން ޓީމުގައިވެސް ބޭރު ދެ ކުޅުންތެރިއަކު ހިމެނެއެވެ.

ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022ގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.

ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.

މި މުބާރާތް މިއަހަރު ބާއްވާނެކަމަށް ހަވަރުސްޕޯޓްސްއިން އިއުލާނުކުރީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިއަހަރުގެ މުބާރާތަކީ ހަވަރު ސްޕޯޓްސްއިން ބާއްވާ ވުމެންސް ހޭންޑްބޯލް ޓޯނަމެންޓްގެ 4 ވަނަ މުބާރާތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ