logoEN
ޕީއެންސީ 2
ޓީމަށް އެންމެ ބޭނުންވަނީ ސަޕޯޓަރުންގެ ސަޕޯޓު - ހޯނޑެއްދޫ އެފްސީގެ ކޯޗު

ޓީމަށް އެންމެ ބޭނުންވަނީ ސަޕޯޓަރުންގެ ސަޕޯޓު - ހޯނޑެއްދޫ އެފްސީގެ ކޯޗު

# ހަވަރު ޔޫތް ކަޕް 2020

134156117_727520951518946_9133851405686997359_o

ހަވަރު ޔޫތްކަޕް ގެ ސެމީ ފައިނަލްގައި ކާޑެއްދޫ އެފްސީ އާއި ދެކޮޅަށް ނުކުންނާނީ ފުރިހަމަޔަށް ތައްޔާރުވެގެންކަމަށާއި ބޭނުންވަނީ ހޯނޑެއްދޫ ރައްޔިތުންގެ ސަޕޯޓާއި ފުރިހަމަ އެއްބާރުލުން ކަމަށް ހޯނޑެއްދޫ އެފްސީ ގެ ކޯޗު އަހްމަދު މުބީން ބުނެފިއެވެ.

ޝަރީ 2024

ގާފު ސްޕޯޓްސް އަށް މައުލޫމާތުދެމުން ކޯޗު މުބީން ބުނިގޮތުގައި ޓީމުގައި ބޮޑު އިންޖަރީއެއްގައުއި ހުރީ އެންމެ ކުޅުންތެރިޔެއް ކަމަށާއި އޯވަރޯލް ޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ މެޗަށް ފުރިހަމަޔަށް ތައްޔާރުވެގެންކަމަށެވެ. އަދި ކުރިން ކާޑެއްދޫ އެފްސީ ދެކޮޅަށް ކުޅުން މެޗުން ހޯނޑެއްދޫ ޓީމް ބަލިވި ނަމަވެސް އެ މެޗުގައި ކުޅުންތެރިން ފަރާތުން ހެދުނު ގޯސްތަށް ދެނެގަނެވި މިއަދު ކުޅޭ މެޗުގައި އެ ގޯސްތަށް ރަނގަޅުކޮށް ފައިނަލަށް ދިޔުމަށް ޓީމް އޮތީ ރަނގަޅު ރޫހެއްގައި ކަމަށް ވެސް މުބީން ވަނީ ބުނެފައިއެވެ.

ކޯޗު އިތުރަށް ބުނިގޮތުގައި ހޯނޑެއްދޫ ޓީމަކީ މިމުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމުކަމަށާއި ކުޅުންތެރިންގެ ފަރާތުން ފެނިގެންދަނީ ވަރަށް އުއްމީދީ ކުޅުމެއް ކަމަށެވެ. ގްރޫޕްސްޓޭޖުގައި މެޗުތަކަށް ބަލާލިކަމުގައިވިޔަސް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ރަނގަޅު ޑިސިޕްލިންއެއްކަން މުބީން ވަނީ ފާހަގަކޮށްފައެވެ.

މުބީން އިތުރަށް ބުނިގޮތުގައި ޓީމަށް މިވަގުތު އެންމެ މުހިންމީ ހޯނޑެއްދޫ ރައްޔިތުންގެ ސަޕޯޓެވެ. އެގޮތުން މުޅި ޓީމުވެސް އޮތީ ރައްޔިތުންނާއި އެކު ކަމަށާއި ވީހާވެސް ގިނަ ސަޕޯޓަރުން ޓީމަށް ސަޕޯޓުކުރުމަށް ދަނޑަށް ދިޔުމަކީ ޓީމުގެ އެދުމެއްކަމަށް ވަނީ ބުނެފައެވެ.

ސެމީ ފައިނަލްގައި ހޯނޑެއްދޫއިން ކާޑެއްދޫ އެފްސީއާއި ދެކޮޅަށް ނުކުންނަ އިރު މިދެޓީމް ވަނީ ގްރޫޕް ސްޓޭޖުގައި ވެސް ވާދަކޮށްފައެވެ. އެމެޗު ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުން ކާޑެއްދޫ އެފްސީއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ޓީމް ނޯޗޮއިސް އަދި ޓީމް ފީނިކްސް އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 10 ވަނަ ދުވަހުގެ ހަވީރު އެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެެހިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ