logoEN
ޕީއެންސީ 2
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ އެސޯޝިއޭޓް ޕާޓްނަރ އަކަށް ތިނަދޫ ސްޓޭޑިއަމް!

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ އެސޯޝިއޭޓް ޕާޓްނަރ އަކަށް ތިނަދޫ ސްޓޭޑިއަމް!

ޙުސައިން އާހިލް

logo

7/2/2022, 7:53:22 PM

# ތިނަދޫ ސްޓޭޑިއަމް# ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# ހަވަރު ސްޕޯޓްސް# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022

2944AFD0-2760-402B-A66A-79BEC83E28DF

ހަވަރު ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ، ހަވަރު ވިމެންސް ހޭންޑް ބޯލް ޓޯނަމެންޓުގެ މިއަހަރުގެ މުބާރާތް ކަމުގައިވާ މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022 ގެ އެސޯޝިއޭޓް ޕާޓްނަރގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސައިފިއެވެ.

ޝަރީ 2024

ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022ގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.

ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.

މި މުބާރާތް މިއަހަރު ބާއްވާނެކަމަށް ހަވަރުސްޕޯޓްސްއިން އިއުލާނުކުރީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ އަންހެން ހޭންޑް ބޯލް މުބާރާތް ކަމުގައިވާ މަކިޓާ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 1 ވަނަ ދުވަހަށް ހަމަވިއިރު، މުބާރާތުގައި 8 ޓީމަކުން ބައިވެރިވިއެވެ. ނަމަވެސް ޓީމް ލިސްޓު ހުށައެޅުމަށް ދިން މުއްދަތު މިމަހުގެ 18 އަށް ހަމަވިއިރު ޓީމް ލިސްޓު ހުށައެޅީ 7 ޓީމަކުންނެވެ. އެއާއެކު މުބާރާތުގައި ކުޅޭނީ 7 ޓީމެވެ. އެ ހަތް ޓީމުގެ މެދުގައި ގުރުއަތުލުން ބާއްވައި، މުބާރާތުގެ ޝެޑިއުލް ވަނީ އިއުލާންކޮށްފައެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިއަހަރުގެ މުބާރާތަކީ ހަވަރު ސްޕޯޓްސްއިން ބާއްވާ ވުމެންސް ހޭންޑްބޯލް ޓޯނަމެންޓްގެ 4 ވަނަ މުބާރާތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ