
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓްގެ ބެވަރޭޖް ޕާޓްނަރ އަކަށް ގޯސިޔާ!
# ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# ހަވަރު ސްޕޯޓްސްEC7C58C9-965C-48C9-B2B9-A553A7B4E91E
ހަވަރު ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ، ހަވަރު ވިމެންސް ހޭންޑް ބޯލް ޓޯނަމެންޓުގެ މިއަހަރުގެ މުބާރާތް ކަމުގައިވާ މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022 ގެ ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާ ރެސްޓޯރެންޓް ހަމަޖައްސައިފިއެވެ.

ގޯސިޔާ އަކީ ގދ. ތިނަދޫގެ ޒަމާންވީ ރެސްޓޯރެންޓް ބްރޭންޑެކެވެ. ރީބްރޭންޑަކަށްފަހު ގޯސިޔާ އަލުން ހުޅުވިގެން ދިޔައީ މިއަހަރުގެ ރޯދަ މަހަށެވެ. ގޯސިޔާ އަލުން ހުޅުވި އިރު، އެރެސްޓޯރެންޓުގައި ވީއަޕީ ޚާއްސަ ބަޔަކާއި އައުޓްޑޯ ބައެއްގެ އިތުރުން ޒުވާނުންނަށް ޚާއްސަ ލައުންޖެއްވެސް ވަނީ ހިމެނިގެން ގޮސްފައެވެ. އަދި މުޅި ރެސްޓޯރެންޓުވެސް ފަރުމާކޮށްފައިވަނީ ޒަމާނީ އާކިޓެކްޗާ އަކަށެވެ.
ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022ގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.
ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ހަމަޖައްސާފައިވާއިރު އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.
މި މުބާރާތް މިއަހަރު ބާއްވާނެކަމަށް ހަވަރުސްޕޯޓްސްއިން އިއުލާނުކުރީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ އަންހެން ހޭންޑް ބޯލް މުބާރާތް ކަމުގައިވާ މަކިޓާ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 1 ވަނަ ދުވަހަށް ހަމަވިއިރު، މުބާރާތުގައި 8 ޓީމަކުން ބައިވެރިވިއެވެ. ނަމަވެސް ޓީމް ލިސްޓު ހުށައެޅުމަށް ދިން މުއްދަތު މިމަހުގެ 18 އަށް ހަމަވިއިރު ޓީމް ލިސްޓު ހުށައެޅީ 7 ޓީމަކުންނެވެ. އެއާއެކު މުބާރާތުގައި ކުޅޭނީ 7 ޓީމެވެ. އެ ހަތް ޓީމުގެ މެދުގައި ގުރުއަތުލުން ބާއްވައި، މުބާރާތުގެ ޝެޑިއުލް ވަނީ އިއުލާންކޮށްފައެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިއަހަރުގެ މުބާރާތަކީ ހަވަރު ސްޕޯޓްސްއިން ބާއްވާ ވުމެންސް ހޭންޑްބޯލް ޓޯނަމެންޓްގެ 4 ވަނަ މުބާރާތެވެ.