logoEN
Sto top
ނާޒިމް ސައްތާރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ނާޒިމް ސައްތާރުގެ ޕާސްޕޯޓު ހިފަހައްޓައިފި

އަލްފާ އަލީ

logo

6/25/2022, 3:45:59 PM

# ފުލުހުން# ނާޒިމް ސައްތާރު

viber-image-2022-01-13-12-27-19-848

ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯއެއް އާންމުވެ، މައްސަލައިގެ ތަހުގީގު ފަށާފައި ވަނިކޮށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

Wamco

ނާޒިމްކަމަށް ބެލެވޭ މީހަކާއިބިދޭސީ ފިިރިހެނަކު ކޮޓަރިއެއް ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯ އިއްޔެ މީސް މީޑިއާގައި އާންމުވުމާއެކު، ގިނަ ބަޔަކު ވަނީ އެ ވީޑިއޯގައި ފެންނަ އެކަކަކީ ނާޒިމް ކަމަށް ބުނެފައެވެ. ނަމަވެސް ނާޒިމްގެ ޓުވިޓާ އެކައުންޓް ޑިއެކްޓިވޭޓް ކުރެއްވުމުގެ ކުރިން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެ ތުހުމަތަށް އިންކާރު ކުރައްވައިފައެވެ.

އެ ވީޑިއޯގެ މައްސަލާގައި ފުލުހުން ވަނީ ނާޒިމް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. އަދި ފުލުހުން ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ނާޒިމް ސައްތާރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި އެހެން ފިރިހެނަކާއި އަންހެނެއްގެ ބަރަހަނާ ފޮޓޯތަކެއްވެސް މީސްމީޑިއާގައިވަނީ ދައުރުވާން ފަށާފައެވެ. އެމައްސަލަވެސް މިހާރު ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside