logoEN
ޕީއެންސީ 2
ހަވަރު ވުމެންސް ހޭޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހަވަރު ވުމެންސް ހޭޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

1/5/2021, 3:51:41 AM

# ހަވަރު ސްޕޯޓްސް

a

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތް ، ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޝަރީ 2024

ހަވަރު ސްޕޯޓްސްއިންް ބުނި ގޮތުގައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ނަންނޯޓު ކުރުން ހަވަރު ސްޕޯޓްސްއަށް ގުޅުއްވައިގެން ކުރިޔަށް ގެންދެވޭނެއެވެ. އެގޮތުން 9886005 އަށް ގުޅުއްވައިގެން ނަންނޯޓު ކުރެވޭނެއެވެ. މިއަހަރުގެ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު ގދ ތިނަދޫ ، އާރުއަވަށު ޓާފް ދަނޑުގައި އެވެ.

ހަވަރު ސްޕޯޓްސްއިން ތިނަދޫ ސްޓޭޑިއަމްއާއި ގުޅިގެން ބާއްވާ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް މިފަހަރު އިއުލާން ކޮށްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ވެސް ޓީމްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ