logoEN
cocacola
ހަވަރު ޔޫތް ކަޕް 2020 - ހޯނޑެއްދޫ އެފްސީ ސެމީއަށް

ހަވަރު ޔޫތް ކަޕް 2020 - ހޯނޑެއްދޫ އެފްސީ ސެމީއަށް

ގާފު އެޑިޓޯރިއަލް

logo

12/31/2020, 8:06:03 PM

# ހަވަރު ޔޫތް ކަޕް 2020

IMG_8677

ހަވަރު ޔޫތްކަޕްގައި މިއަދު ހަވީރު ހޯނޑެއްދޫ އެފްސީ އަދި ޑީއެފްސީ ބައްދަލުކުރި މެޗުން ހޯނޑެއްދޫ އެފްސީ މޮޅުވެ ސެމީގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ގޮސިޔާ

މިއަދު ހަވީރު ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗް ނިމިގެން ދިޔައީ 3-1 ގެ ނަތީޖާއަކުން ހޯނޑެއްދޫ ކުރީގައި އޮވެގެންނެވެ. ދެޓީމުގު ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނު މި މެޗުގެ ލީޑު ހޯނޑެއްދޫ އިން ނެގީ މެޗުގެ ދެވަނަ މިނެޓުގައިއެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު ނަވާރަ މުހައްމަދު އިއުފާފް އަބްދުﷲ އެވެ. މި ގޯލާއި އެކު ޑީއެފްސީ އިން ވަނީ ކުޅުން ރަނގަޅުކޮށް ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު ސަތާރާ މުހައްމަދު ނާއީލްއެވެ. މި ގޯލު ޑީއެފްސީ ޖެހިތާ މާ ގިނައިރެއް ނުވަނީސް ޑީއެފްސީ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވައިން ގޯލަކުން މެޗުގެ ނަތީޖާ 2-1 ބަދަލުވެގެންދިޔައެވެ.

ދެވަނަ ހާފް ފަށައިގެން ދެޓީމުގެ ފަރާތުން މެޗުގައި ވާދަވެރި ކުޅުމެއް ދައްކާފައެވެ. ދެވަނަ ހާފްގައި މެޗުގެ އަށްޑިހަވަނަ މިނެޓުގައި އާލިފް ޒާހިރްވަނީ އިތުރު ގޯލެއް ކާމިޔާބިކޮށް ނަތީޖާ3-1 ބަދަލުކޮށްފައެވެ. މި ގޯލާއި އެކު މެޗުގެ މޭން އޮފް ދަ މެޗުކަންވެސް ހޯދީ އާލިފް ޒާހިރު އެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖްއުސޫލުންނެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެެހިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ