logoEN
cocacola
ހުވަދޫ ސްވިމިންގ ކްލަބުން ކަނޑުހުޅުދޫގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ހުވަދޫ ސްވިމިންގ ކްލަބުން ކަނޑުހުޅުދޫގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

# ހުވަދޫ ސްވިމިންގ ކުލަބު

viber_image_2022-05-21_19-35-20-485

ހުވަދޫ އަތޮޅުގައި ފުޅާދާއިރާއެއްގައި ފެތުމުގެ ޕްރޮގްރާމްތަށް ހިންގަމުންދާ ހުވަދޫ ސްވިމިންގ ކްލައިބްއިން ގއ. ކަނޑުހުޅުދޫގައި ސްވިމިންގ ޕްރޮގްރާމެއް ފަށައިފި އެވެ.

ގޮސިޔާ

ހުަވަދޫ ސްވިމިންގ ކްލަބްގެ ރައީސް އަހުމަދު ޖަމްޝީދު (ޖަމްބޭ) "ގާފު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަނޑުހުޅުދޫގައި އިއްޔެ އިން ފެށިގެން ކުރިއަށްދާ މި ޕްރޮގްރާމަކީ، މައިގަނޑުގޮތެއްގައި ފަތަން ނޭނގޭ ކުދިންނަށް ފަތަން ދަސްކޮށްދިނުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމަކީ 21 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށް ޖަމްބޭ ފާހަގަކުރެއްވި އެވެ.

ކަނޑުހުޅުދޫގައި މިހާރު ފެށިގެން ކުރިއަށް ދާ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އެރަށުން ލިބިފައިވާ ކަމަށާއި، މި ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް އެ ކުލަބުގެ އިންސްޓްރަކްޓަރުން ބުރަކޮށް މަސައްކަތްކުރައްވާނެ ކަމަށް ޖަމްބޭ ފާހަގަކުރެއްވި އެވެ.

undefined

މި ޕްރޮގްރާމްގައި އިންސްޓަރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީވެސް ސާޓިފައިޑް ޓްރެއިނަރުން ކަމަށް ޖަމްބޭ ވިދާޅުވި އެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ސޮނޯކަލިންގ ވެސް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ބެލެނެވެރިންގެ އިޒުނައާއި އެކު ސްނޯކްލިންގ ދަސްކުރާ ކުދިން ފަރުތަށް ބަލާލުމަށް ގެންދިޔުމަށްވެސް ނިންމާފައިވާ ކަމަށް ޖަމްބޭ ވިދާޅުވިއެވެ.

ހުވަދޫ ސްވިމިންގ ކުލަބުން، ކަނޑުހުޅުދޫގައި ކުރިއަށް ގެންދާ ޕްރޮގްރާމަކީ، ކަނޑުހުޅުދޫ ކައުންސިލާއި، ޕޮލިހާއި، އެރަށު ސްކޫލުގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ. އަދި އޭގެއިތުރުން މި ޕްރޮގްރާމަކީ ޔޫއެސް އޭއިޑީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސަޕޯޓާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހުވަދޫ ސްވިމިންގ ކުލަބަކީ ހުވަދޫ އަތޮޅުގައި ފެތުމުގެ ރޫހު އާލާކޮށް ކުޑަކުދިންނާއި ޒުވާނުން ފެތުމުގެ ދާއިރާއިން ތަމްރީނު ކުރުމުގެ އިތުރުން މޫދު ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ވިސްނުމުގައި 2020ވަނަ އަހަރު އުފެދުނު ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި ވަނީ ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކެއްގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުތަކާއި މޫދު ކަސްރަތު ޕްރޮގްރާމުތަށް ކުރިޔަށް ގެންގޮސް ކާމިޔާބު ކަމާއި އެކު ނިންމާލާފައި އެވެ. އަދި ކުރިއަށް އޮތްތަނުގައި އެކި އެކި ރަށްރަށުގައި މިފަދަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެ ކުލަބުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ