
ހަވަރު ޔޫތް ކަޕް 2020 - ހޯނޑެއްދޫ އެފްސީއިން އާރްއެފްސީގެ މައްޗަށް ކުރިހޯދައިފި
# ހަވަރު ޔޫތް ކަޕް 2020BBA01332-80CB-424E-8ABF-A1E41A0FCB45
ހަވަރު ޔޫތްކަޕްގައި މިއަދު ހަވީރު ހޯނޑެއްދޫ އެފްސީ އިން އާރްއެފްސީ މައްޗަށް ކުރިހޯދައިފިއެވެ.

ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް ނިމިގެން ދިޔައީ 0-1 ތަފާތުން ހޯނޑެއްދޫ ޓީމުން ކުރީގައި އޮވެގެންނެެވެ. ދެޓީމުގެ ފަރާތުން މޮޅުކުޅުމެއްފެނިގެންދިޔަ މެޗުގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ ހޯނޑެއްދޫއެފްސީ އިންނެވެ. މިއީ އާރްއެފްސީ ގެ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވައިން ގޯލެކެވެ. ދެަވަނަ ހާފްގައިދެޓީމުން ވަނީ އިދިކޮޅު ގޯލަށް ނުރައްކާތަކެއް ކޮށްފައެވެ.
މި މެޗާއި އެކު ހޯނޑެއްދޫ އެފްސީ އޮތީ ކާނޑެއްދޫ އެފްސީގެ ފަހަތުން 3 ޕޮއިންޓާއި އެކު ތާވަލުގެ ދެވަނައިގައެވެ. ހޯނޑެއްދޫގެ ފަހަތުން ޑީއެފްސީ އަދި އާރްއެފްސީ އޮތީ އެއްޕޮއިންޓާއި އެކު ތާވަލުގެ ތިން ވަނައިގައެވެ. އާރްއެފްސީއިން ނިކުންނާނީ ކާނޑެއްދޫ އާއި ދެކޮޅަށެވެ. އަދި ހޯނޑޭއްދޫއިން ނިކުންނާނީ ޑީއެފްސީ އާއި ދެކޮޅަށެވެ.
ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖްއުސޫލުންނެވެ.
މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެެހިފައިއެވެ.
މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މެޗުގެ ދެގޯލު ޖަހައިގެން ނޮދަންސްޓާ ގެ ޖާޒީ ނަންބަރު ފަހެއް އިބްރާހީމް އަހްމަދެވެ.