ހަވަރު ޔޫތް ކަޕް 2020 – ނޮދާންސްޓާއިން މަޑަވެލި އެފްސީގެ މައްޗަށް ކުރިހޯދައިފި

ހަވަރު ޔޫތް ކަޕް 2020 ގެ ތެރެއިން - ގާފު ފޮޓޯ : ޝުއާއު ހަނީފް

ހަވަރު ޔޫތްކަޕްގައި މިއަދު ހަވީރު ނޮދާން ސްޓާރއިން މަޑަވެލި އެފްސީގެ މައްޗަށް ކުރިހޯދައިފިއެވެ

އިއްޔެެ ހަވީރު ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް ނިމިގެން ދިޔައީ 1-3 ގެ ނަތީޖާއަކުން ނޮދާންސްޓާރ ކުރީގައި އޮވެގްންނެވެ. މެޗުގެ ފުރުތަމަ ގޯލް ކާމިޔާބްކުރީ ނޮދާންސްޓާރ އިންނެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ޖާޒީ ނަންބަރު ފަހެއް އިބްރާހީމް އަހްމަދް އެވެ. މި ގޯލުޖެހިތާ މާގިނަ އިރެއް ނުވަނީސް ނޯދާންސްޓާރއިން ވަނީ މެޗުގެ އަށާރަވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށް ނަތީޖާ 0-2 ބަދަލުކޮށްލާފައެވެ. މި ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަހްމަދްއެވެ. މި ގޯލާއި އެކު ހޯނޑެއްދޫއިން ވަނީ ކުޅުން ރަނގަޅުކޮށް ފުރުތަމަ ހާފްގައި އެއްތިރީސްވަނަ މިނެޓުގައި ގޯލެއް ޖަހާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 9 ޔާސިރު މުހައްމަދު އެވެ.

ދެވަނަ ހާފްގައި ކުޅެން ފަށައިގެން ދެޓީމުންވެސް ނުރައްކާ އިދިކޮޅު ޓީމު ގޯލަށް ދިޔައީ އިތުރުކުރަމުންނެވެ. ނަތީޖާއަކަށްވީ ނޮދާންސްޓާރއިން މެޗުގެ ނިމެން އަށްޑިހަވަނަ މިނެޓުގައި އައްޒާމް އަހުމަދު ޖިހާމް ނޮދަންސްޓާއަށް ޖަހައިދިން ގޯލެވެ. މިގޯލާއި އެކު ޖުމްލަ ނަތީޖާއަކީ 3-1 އެވެ

މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މެޗުގެ ދެގޯލު ޖަހައިގެން ނޮދަންސްޓާ ގެ ޖާޒީ ނަންބަރު ފަހެއް އިބްރާހީމް އަހްމަދެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް