logoEN
ޕީއެންސީ 2
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 - ޓީމް ހުވަދޫއަށް ފަސޭހަ މޮޅެއް

ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 - ޓީމް ހުވަދޫއަށް ފަސޭހަ މޮޅެއް

ގާފު އެޑިޓޯރިއަލް

logo

12/26/2020, 2:07:36 PM

# ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020

DSC_6396

ޒެޑްޓްރެކްސް ފަސޭހަ ކަމާއި އެކު ބަލިކުރުމަށްފަހު ޓީމް ހުވަދޫ އިން މުބާރަތުގެ އެޓީމުން ކުޅުނު ދެވަނަ ޓައި އިން މޮޅުވެއްޖެ އެވެ.

ޝަރީ 2024

ޓީމް ހުވަދޫ އިން މި ޒެޑްޓްރެކްސް ބަލިކުރީ 3 މެޗުންވެސް މޮޅުވެގެންނެވެ. ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި ވާދަކުރީ ޒެޑްޓްރެކްސްގެ ވިފާއު - އާކިފް ޕެއާއާއި ޓީމް ހުވަދޫގެ އަހުމަދު - އާދަމް ޕެއާއެވެ. ޓީމް ހުވަދޫ އިން ފުރަތަމަ ޑަބަލްސް ކާމިޔާބުކުރީ 08/21 ، 11/21 އިންނެވެ. އަދި ސިންގަލްސް ޓައި ގައި ވާދަކުރީ ޒެޑްޓްރެކްސްގެ އައިމަން އާއި ޓީމް ހުވަދޫގެ ރަޖޭޝް އެވެ. މި ޓައި ޓީމް ހުވަދޫ އިން ކާމިޔާބުކުރީ 07/21 ، 04/21 އިންނެވެ. މެޗުގެ ދެވަނަ ޑަބަލްސްގެ މެޗުގައި ވާދަކުރީ ޒެޑްޓްރެކްސްގެ އައިމަން - ވިފާއު ޕެއާއާއި ޓީމް ހުވަދޫގެ ހަސަން – ސޯދިގް ޕެއާއެވެ. މި މެޗުވެސް 21/11 ، 21/14 އިން ކާމިޔާކޮށް ޓައި ކާމިޔާބު ކުރީ ޓީމް ހުވަދޫ އިންނެވެ.

ޓީމް ހުވަދޫއިން މުބާރާތުގައި ކުޅުނު ޓައި އިން ވަނީ ބަލިވެފައެވެ. ޓީމް ހުވަދޫ ބަލިވީ ވައިޖެހޭ އާއި އެކު ކުޅުނު ޓައިގެ 3 މެޗުންވެސް ބަލިވެގެންނެވެ. ޒެޑްޓްރެކްސް ވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވެސް ބަލިވެފައެވެ. ދެވަނަ ބައްޔާއި އެކު ޒެޑްޓްރެކްސް އޮތީ ފިރިހެން ކެޓްގަރީގެ ޕޮޮއިންޓް ޓޭބަލްގެ އެންމެ ފުލުގައެވެ.

މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމުލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތަކީ ލީގް އުސޫލުން ކުރިޔަށް ގެންދަން ނިންމައިފައިވާ މުބާރާތަކަށް ވުމުން މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނީ ޕޮއިންޓް ޓޭބަލްގެ އެންމެ މަތީގައި އިންނަ ދެ ޓީމެވެ.

ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ޓައިޓަލް ސްޕޮންސަރަކީ ހަވަރު ސްޕޯޓްސް އެވެ. އަދި ކޯ ސްޕޮންސްސަރަނުންނަކީ އެފްއެކްސް އެމްވީ އަދި އަކުއާޕްރެޑައިސް އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކަށް ހުވަދޫ ބެޑިމިންޓަން ކްލަބް ހަމަޖައްސާފައިވާ އިރު އޮގަނައިޒިންގ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމްއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަށް ޕްރިންޓެކް ހަމަޖައްސައިފައިވާ އިރު ބެވަރޭޖަސް ޕާޓްނަރަކަށް ހަމަޖެހިފައިވަނި ވޯޓާޑް އެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ