
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 - ޝާޕްޝޫޓާޒްއަށް ވެސް ރަނގަޅު ފެށުމެއް
# ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020DSC_6121
ކުޅުނު ފުރަތަމަ ޓައިގެވެސް ތިން މެޗު ކާމިޔާބު ކޮށްގެން ޝާޕްޝޫޓާޒްއިން ފެށުން ރަނގަޅު ކޮށްފި އެވެ.

ތިނަދޫ ޔޫތް ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި ފެށިގެން ކުރިޔަށްދާ ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ 4 ވަނަ ޓައިގައި ވާދަކުރީ ނޯފޯލްޓް އާއި ޝާޕްޝޫޓާސްއެެވެ.
މި ޓައިގައި ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި ވާދަކުރީ ނޯފޯލްޓްގެ އާހިލް - މުއާންގެ ޕެއާއާއި ޓީމް ޝާޕްޝޫޓާސްގެ ޝިމާޒް - އިސްމާއިލް ޕެއާއެވެ. ޝާޕްޝޫޓާސް އިން ފުރަތަމަ ޑަބަލްސް ކާމިޔާބުކުރީ 05/21 ، 08/21 އިންނެވެ. އަދި ސިންގަލްސް ޓައި ގައި ވާދަކުރީ ޝާޕްޝޫޓާސްގެ އާތިރު އާއި ނޯފޯލްޓްގެ އާހިލް މުހައްމަދު އެވެ. މި މެޗު ޝާޕްޝޫޓާސްގެ އާތިރު ކާމިޔާބުކުރީ 14/21 ، 16/21 އިންނެވެ. މެޗުގެ ދެވަނަ ޑަބަލްސް މެެޗުގައި ވާދަކުރީ ނޯފޯލްޓްގެ ޔަޝްފައު - ނާއިލް ޕެއާއާއި ޓީމް ޝާޕްޝޫޓާސްގެ އާތިރު - އިސްމާއިލް ޕެއާއެވެ. މި މެޗުވެސް 06/21 ، 05/21 އިން ކާމިޔާކޮށް ޓައި ކާމިޔާބު ކުރީ ވައިޖެހޭ އިންނެވެ.
މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމުލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތަކީ ލީގް އުސޫލުން ކުރިޔަށް ގެންދަން ނިންމައިފައިވާ މުބާރާތަކަށް ވުމުން މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނީ ޕޮއިންޓް ޓޭބަލްގެ އެންމެ މަތީގައި އިންނަ ދެ ޓީމެވެ.
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ޓައިޓަލް ސްޕޮންސަރަކީ ހަވަރު ސްޕޯޓްސް އެވެ. އަދި ކޯ ސްޕޮންސްސަރަނުންނަކީ އެފްއެކްސް އެމްވީ އަދި އަކުއާޕްރެޑައިސް އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކަށް ހުވަދޫ ބެޑިމިންޓަން ކްލަބް ހަމަޖައްސާފައިވާ އިރު އޮގަނައިޒިންގ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމްއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަށް ޕްރިންޓެކް ހަމަޖައްސައިފައިވާ އިރު ބެވަރޭޖަސް ޕާޓްނަރަކަށް ހަމަޖެހިފައިވަނި ވޯޓާޑެކެވެ.