ހަވަރު ޔޫތް ކަޕް 2020 – ޑީއެފްސީ އާއި އާރްއެފްސީ އެއްވަރު

ހަވަރު ޔޫތް ކަޕް 2020 ގެ ތެރެއިން - ގާފު ފޮޓޯ : ޝުއާއު ހަނީފް

ހަވަރު ޔޫތް ކަޕުގެ ފުރަތަމަ މެޗުގައި ވާދަކުރި ޑީއެފްސީ އާއި އާރްއެފްސީ ވާދަކުރި މެޗު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެއްޖެއެވެ.

ޑީއެފްސީ އާއި އާރްއެފްސީއަކީ މުބާރާތުގެ ގްރޫޕް A ގެ ދެ ޓީމެވެ. އެއްވަރު ވުމާއި އެކު ދެޓީމަށް ވެސް ވަނީ 1 ޕޮއިންޓް ލިބިފައެެވެ. މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވަނީ ވަރަށް ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. އެއާއިއެކު ދެޓީމުންވެސް ފެނިގެން ދިޔައީ އެޓޭކިންގ ކުޅުމެކެވެ. އަދި ނުރައްކާތެރި ގިނަ ބޯޅަތަކެއް ދެޓީމުންވެސް ވަނީ  ގޯލަށް އަމާޒުކޮށްފައެވެ.

މުބާރާތުގައި ދެެން ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް B ގެ މެޗެކެވެ. އެގޮތުން މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ޓީމް ނޯޗޮއިސް އާއި ޓީމް ފިނިކްސް އެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ  ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖް އުސޫލުންނެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެެހިފައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް