logoEN
cocacola
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 - ވައިޖެހޭ އާއި ސްމޭޝާޒް އަށް ފަސޭހަ މޮޅެއް

ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 - ވައިޖެހޭ އާއި ސްމޭޝާޒް އަށް ފަސޭހަ މޮޅެއް

އަހުމަދު ޝުރާއު

logo

12/25/2020, 4:07:44 PM

# ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020

DSC_5537

ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ފުރަތަމަ ދެ މެޗު ވައިޖެހޭ އާއި ސްމޭޝާޒް އިން ކާމިޔާބު ކޮށްފި އެވެ.

ގޮސިޔާ

ރޭ ތިނަދޫ ޔޫތް ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ޓީމް ވައިޖެހޭ އާއި ޓީމް ހުވަދޫ އެވެ. މި މެޗްގެ ހުރިހާ ޓައިއެއްވެސް ކާމިޔާބޮށްފައިވަނީ ޓީމް ވައިޖެހޭ އިންނެވެ.

އެގޮތުން ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި ވާދަކުރީ ވައިޖެހޭގެ މުހައިމިން – އާތިފް ޕެއާއާއި ޓީމް ހުވަދޫގެ ހަސަން – ރާގޭޝް ޕެއާއެވެ. ވައިޖެހޭ އިން ފުރަތަމަ ޑަބަލްސް ކާމިޔާބުކުރީ 21/18 ، 21/09 އިންނެވެ. އަދި ސިންގަލްސް ޓައި ގައި ވާދަކުރީ ވައިޖެހޭގެ މުހައިމިން އާއި ޓީމް ހުވަދޫގެ ހަސަން އެވެ. މި ޓައި ވައިޖެހޭއިން ކާމިޔާބުކުރީ 21/12 ، 21/12 އިންނެވެ. މެޗުގެ ދެވަނަ ޑަބަލްސްގެ ޓައިގައި ވާދަކުރީ ވައިޖެހޭގެ ސާމިރު – އާތިފް ޕެއާއާއި ޓީމް ހުވަދޫގެ ރާގޭޝް – ސޯދިގް ޕެއާއެވެ. މި ޓައިވެސް 21/11 ، 21/14 އިން ކާމިޔާކޮށް މެޗު ކާމިޔާބު ކުރީ ވައިޖެހޭ އިންނެވެ.

ރޭގައި ކުޅުނު ދެވަނަ މެޗުގައި ވާދަކުރީ ޒެޑް ޓްރެކްސް އަދި ސްމޭޝާޒްއެވެ. މި މެޗު ފަސޭހަ ކުޅުމުކަށްފަހު ކާމިޔާބު ކުރީ ސްމޭޝާޒްއިންނެވެ.

އެގޮތުން ފުރަތަމަ ކުޅުނު ޑަބަލްސް ޓައިގައި ވާދަކުރީ ސްމޭޝާޒްގެ މުރުތަލާ – ހުސެއިން އަލީ ޕެއާއާއި ޓީމް ޒެޑްޓްރެކްސްގެ ވިފާއު – އައިމަން ޕެއާއެވެ. ސްމޭޝާޒްއިން ފުރަތަމަ ޑަބަލްސް ކާމިޔާބުކުރީ 21/07 ، 21/04 އިންނެވެ. އަދި ސިންގަލްސް ޓައި ގައި ވާދަކުރީ ސްމޭޝާޒްގެ ހުސެއިން އަހުމަދު އާއި ޒެޑް ޓްރެކްސްގެ ވިފާއު އެވެ. މި ޓައި ސްމޭޝާޒްއިން ކާމިޔާބުކުރީ 21/04 ، 21/01 އިންނެވެ. މެޗުގެ ދެވަނަ ޑަބަލްސްގެ ޓައިގައި ވާދަކުރީ ސްމޭޝާޒްގެ އިސްމައިލް – ޖިމްސް ޕެއާއާއި ޓީމް ޒެޑްޓްރެކްސްގެ އައިމަން – އާކިފް ޕެއާއެވެ. މި ޓައި 21/05 ، 21/00 އިން ކާމިޔާކޮށް މެޗު ކާމިޔާބު ކުރީ ސްމޭޝާޒް އިންނެވެ.

undefined

މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމުލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތަކީ ލީގް އުސޫލުން ކުރިޔަށް ގެންދަން ނިންމައިފައިވާ މުބާރާތަކަށް ވުމުން މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނީ ޕޮއިންޓް ޓޭބަލްގެ އެންމެ މަތީގައި އިންނަ ދެ ޓީމެވެ.

ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ޓައިޓަލް ސްޕޮންސަރަކީ ހަވަރު ސްޕޯޓްސް އެވެ. އަދި ކޯ ސްޕޮންސްސަރަނުންނަކީ އެފްއެކްސް އެމްވީ އަދި އަކުއާޕްރެޑައިސް އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކަށް ހުވަދޫ ބެޑިމިންޓަން ކްލަބް ހަމަޖައްސާފައިވާ އިރު އޮގަނައިޒިންގ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމްއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަށް ޕްރިންޓެކް ހަމަޖައްސައިފައިވާ އިރު ބެވަރޭޖަސް ޕާޓްނަރަކަށް ހަމަޖެހިފައިވަނި ވޯޓާޑެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ