
ފްރޯޑް ސްކީމެއް ކަމަށްބުނެ އެކައުންޓް ފްރީޒްކުރުމުން އަލްހާން ރަތަށް!
# އަލްހާން ފަހުމީ# ކިންގްސް ފޮރެކްސްimage_eh5ieBy3TupFLMP
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ބޮޑު ފްރޯޑް ސްކޭމެއް ރާއްޖޭގައި ހިންގަމުންދާތީ ކަމަށް ބުނެ މަރުކަޒީ ބެންކް (އެމްއެމްއޭ)ގެ ބަޔާނެއް ނެރުނުތާ ކުޑައިރުކޮޅެއްތެރޭގައި ކުންފުނީގެ ބޭންކް އެކައުންޓް ފްރީޒްކުރުމުން، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްހާން ފަހުމީ ނުރުހުން ފާޅުކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ފްރީޒްކޮށްފައިވަނީ "ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕވޓ ލޓޑ" ގެ ބޭންކް އެކައުންޓެވެ. ކިންގްސް ކެޕިޓަލް ކުންފުނީގެ ވެރިޔަކީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ އެވެ.
އެކައުންޓް ފްރީޒްކުރިކަން އެ ކުންފުނީގެ ޓްވިޓަރ އަދި އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ކިންގްސް އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް އެ ކުންފުންޏަށް އަމާޒުކޮށް އެކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް، އެކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ އެކުންފުނީގެ ގުޑްވިލް ހަލަކުކޮށްލާ، އަގުވައްޓާލާ އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާން ކުށްވެރިކުރާކަމަށެވެ.
އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޒަމާނީ ވިޔަފާރި ނޭނގޭ ބަޔަކު ޤައުމުގެ ބޮޑެތި މުއައްސަސާތަކަ ހަވާލުވެ، ނުފޯރާ ފޮތިން ފޫގަޅަނީ ކަމަށާއި، އެމީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.
އަލްހާން އިތުރަށް ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ނިޒާާމާ ބޭންކިންގ ސިސްޓަމް އިސްލާޙު ކުރަންޖެހޭ ކަމަށެވެ. އަދި ޒަމާނީ އޮންލައިން ވިޔަފާރިއަށް ޖާގަ ދިނުމަށްވެސް އަލްހާން ވަނީ ގޮވާލާފައެވެ. އަދި އޮންލައިން ޓްރޭޑްކުރުމަކީ ޤާނޫނީގޮތުން މަނާކަމެއް ނޫންކަމުގައި އަލްހާން ފާހަގަކުރެއްވި އެވެ.
ގުޅުންހުރި

މަނީ ލޯންޑަރިންގެ ތުހުމަތުގައި އަލްހާން ފުލުހަށް ހާޒިރުކުރަނީ

2023 ގެ ރިޔާސީ ރޭހުގައި އަލްހާން ފަހުމީ ވާދަކުރައްވާނެކަން ތަކުރާރުކޮށް އިއުލާންކުރައްވައިފި

ފްރޯޑް ސްކީމެއް ކަމަށްބުނެ އެކައުންޓް ފްރީޒްކުރުމުން އަލްހާން ރަތަށް!
