logoEN
cocacola
ފުލުހުންގެ އިސްވެރިން ޝާހިދާ ބައްދަލުކުރައްވައިފި

ފުލުހުންގެ އިސްވެރިން ޝާހިދާ ބައްދަލުކުރައްވައިފި

އައިޝަތު އިފާޝާ

logo

3/5/2022, 8:09:22 PM

# ފުލުހުން# ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

big_SXcptw60ULGeot8GCY11WwKGO

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިސްވެރިން މިހާރު އެމެރިކާ އަށް ކުރައްވާ ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައިފި އެވެ.

ގޮސިޔާ

އިއްޔެގެ ވަގުތެއްގައި ބޭއްވި އެ ބައްދަލުވުމުގައި ސީޕީ ހަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ފުލުހުންގެ އިންޓެލިޖެންސް ވެރިޔާގެ އިތުރުން އިސް އެހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ބައްދަލުވުން އޮތީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގަ އެވެ.

މިބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިސްވެރިން އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެމެރިކާއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ފުލުހުންގެ އިސްވެރިން އެމެރިކާ އަށް ކުރައްވާ މިދަތުރުފުޅަކީ އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ