މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ތިނަދޫ ސްޓޭޑިއަމްއިން ހަވަރު ސްޕޯޓްސްއާއި ގުޅިގެން ބާއްވާ "ހަވަރު ޔޫތް ކަޕް 2020″ ގައި ބައިވެރިވެފައިވާ ޓީމްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައިފިއެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވެއެވެ. އެ ޓީމުތަކުގެެ މެދުގައި ގުރުއަތުލުން ބާއްވާފައިވަނީ ތިނަދޫގައި ހުންނަ ޒިމަމަން ރެސްޓޯރެންޓުގައެވެެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް ގުރުއަތުން ރޭވުނު ގޮތް:
ގްރޫޕް A
- ޑީއެފްސީ (ގދ. ތިނަދޫ)
- އާރުއެފްސީ (ގދ. ތިނަދޫ)
- ކާޑެއްދޫ އެފްސީ (ގދ. ކާޑެއްދޫ)
- ހޯޑެއްދޫ އެފްސީ (ގދ. ހޯޑެއްދޫ)
ގްރޫޕް B
- އެފްސީ ނޯޗޮއިސް (ގދ. ތިނަދޫ)
- އެފްސީ ނޮދަރން ސްޓަރ (ގދ. ތިނަދޫ)
- ފޮއިނިކްސް އެފްސީ (ގދ. ގައްދޫ)
- މަޑަވެލި އެފްސީ (ގދ. މަޑަވެލި)
ހަވަރު ޔޫތް ކަޕް 2020 ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 25 ވަނަ ދުވަހުގެ ހަވީރުއެވެ. އަދި މުބާރާތުގެ މެޗުތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ހަވަރު ސްޕޯޓްސް ކަމަށްވާއިރު އޮންލައިން މީޑިއާ ޕާާޓްނަރަކީ ގާފު އޮޮންލައިންއެވެ.