
މައުލޫމާތު ދިނުމުގެ ހަރަކާތެއް ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންގޮސްފި
# ފުލުހުން# މައުލޫމާތު# ހުޅުމާލެ ދެވަނަ ފިޔަވަހިIMG-89d52224b4076a6cb1c04cc12b2431fe-V-e1645196438279
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މައުލޫމާތު ދިނުމުގެ ހަރަކާތެއް ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް ވައްކަމުގެ މައްސަލަތަކާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން، އަވަށްޓެރި ފުލުހުންގެ ހިދުމަތުގެ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންނާއި ރައްޔިތުން ގުޅިގެން އެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް ހިޔާލުބަދަލުކޮށްފައިވެއެވެ. އަދި އަމާން ރައްކާތެރި މާހައުލެއް ގާއިމުކުރުމަށްވެސް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ހިޔާލުބަދަލުކޮށްފައިވެއެވެ.
އެ ހަރަކާތަކީ ހުޅުމާލެ ނެއިބަރހުޑް ޕޮލިހާއި، ރެސްޕޮންސް އެންޑް ޕެޓްރޯލް އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.