މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ތިނަދޫގައި ބާއްވާ ހަވަރު ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަށް ރައުހަތު ސްޕޯޓްސްއިން ބޯލަ ހަދިޔާކޮށްފިއެވެ.
މިއަދު މެންދުރު ތިނަދޫ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ފަރާތުން ޓީމްތަކާ ބޯޅަ ހަވާލުކޮށްދެއްވީ އެ ޖަމިއްޔާގެ އޮނަރަރީ ޕްރެޒިޑެންޓް އަހުމަދު ސަދޫގެވެ.
ރައުހަތް ސްޕޯޓްސް އަކީ އެތްލެޓިކްސް ދާއިރާއިން ދަރިވަރުން ތަމްރީންކޮށް ކުޅިވަރު ކުރިއަރުވަން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެތްލެޓިކްސްގެ އިތުރުން އެހެން ދާއިރާތަކުގެ ކުޅިވަރުތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ.
މިހާތަނަށް ޖުމްލަ 8 ޓީމަކުން އެ މުބާރާތުގައި ބައިވެރިވެފައިވާއިރު މިރޭގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 25 އިން ފެށިގެން 9 ޖެނިއަރީ 2021 އާ ހަމައަށް ތިނަދޫ ރަސްމޯ ބޯޅަ ދަނޑުގައެވެ.
މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަ ޖައްސާފައެވެ.
މުބާރާތުގައި ބައިވެރިވި ޓީމްތަށް :
-
ފީނިކްސް އެފްސީ – ގދ. ގައްދު
-
ހޯނޑެއްދޫ އެެފްސީ – ގދ. ހޯނޑެއްދޫ
-
މަޑަވެލި އެފްސީ – ގދ. މަޑަވެލި
-
އެފްސީ ނޯޗޮއިސް – ގދ. ތިނަދޫ
-
ކާޑެއްދޫ އެެފްސީ – ގދ. ކާޑެއްދޫ
-
އާރްއެފްސީ – ގދ. ތިނަދޫ
-
ޑީއެފްސީ – ގދ. ތިނަދޫ
-
އެފްސީ ނޮދާން ސްޓާރ – ގދ. ތިނަދޫ
ހަވަރު ޔޫތް ކަޕް 2020 ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ "ގާފު" އޮންލައިން އެެވެ. ގާފު އޮންލައިންއިން މުބާރާތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.