logoEN
cocacola
"ހަވަރު ޔޫތު ކަޕް" 8 ޓީމާއިއެކު ޑިސެމްބަރ 25 ގައި

"ހަވަރު ޔޫތު ކަޕް" 8 ޓީމާއިއެކު ޑިސެމްބަރ 25 ގައި

ގާފު އެޑިޓޯރިއަލް

logo

12/14/2020, 9:39:34 AM

# ހަވަރު ޔޫތް ކަޕް 2020

130943207_3465536483516251_4977746580573990029_o

ތިނަދޫ ސްޓޭޑިއަމްއާއި ހަވަރު ސްޕޯޓްސް އިން އިންތިޒާމްކޮށްގެން މުޅި ހުވަދުއަތޮޅަށް ހުޅުވާލެވިގެން ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތް، "ހަވަރު ޔޫތު ކަޕް 2020" ޑިސެމްބަރ 25 ގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

ހަވަރު ޔޫތް ކަޕް 2020 ގައި ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ޖުމުލަ 8 ޓީމަކުން ބައިވެރިވެފައިވާއިރު، ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމް ތައް ބައިވެރިވެފައެވެ.

މުބާރާތުގައި ބައިވެރިވި ޓީމްތަށް :

ފޮއިނިކްސް އެފްސީ - ގދ. ގައްދު

ހޯނޑެއްދޫ އެެފްސީ - ގދ. ހޯނޑެއްދޫ

މަޑަވެލި އެފްސީ - ގދ. މަޑަވެލި

އެފްސީ ނޯޗޮއިސް - ގދ. ތިނަދޫ

ކާޑެއްދޫ އެެފްސީ - ގދ. ކާޑެއްދޫ

އާރްއެފްސީ - ގދ. ތިނަދޫ

ޑީއެފްސީ - ގދ. ތިނަދޫ

އެފްސީ ނޮދާން ސްޓާރ - ގދ. ތިނަދޫ

މި މުބާރާތް ކުރިޔަށް ގެެންދަން ހަމަޖެހިފައިވަނީ މި ޑިސެމްބަރު 25 އިން 9 ޖެނުއަރީ 2021 އަށް، ގދ ތިނަދޫގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި އެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަ ޖައްސާފައެވެ.

ހަވަރު ޔޫތް ކަޕުގައި ކުޅޭ ޓީމުތަކަށް ބޯޅައާއި ޖާޒީ ދިނުމަށް ހަމަޖެހިފައިވަނީ މުބާރާތް އިންތިޒާމް ކުރާ ފަރާތުންނެވެ. އެގޮތުން ބައެއް ޓީމުތަކަށް މިހާރު ވަނީ ބޯޅަ ހަދިޔާވެސް ކޮށްފައެވެ.

undefined

ހަވަރު ޔޫތް ކަޕް 2020 ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ "ގާފު" އޮންލައިން އެެވެ. ގާފު އޮންލައިންއިން މުބާރާތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ