މުޅިހުވަދޫގެ ތަރައްޤީއާއި ކުރިއެރުން އަދި އިޤްތިސާދު ގުޅިފައިވަނީ ގދ.ކާޑެއްދޫ އެއާރޕޯޓައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލިދާއިރާގެ އިއްޒަތްތެރި މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
މެމްބަރު ފިރުޝާން މިހެން ވިދާޅުވެފައިވަނީ ކާޑެއްދޫ އެއާރޕޯޓާއި ގުޅޭގޮތުން މިއަދު ގާފުގެ ކޮލަމަށް ކުރީގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ލިޔެދެއްވި ލިޔުމެއް ރިޓްވީޓް ކުރަމުންނެވެ.
ކާަޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގެ ވަޢުދެއްކަމަށްވެސް މެމްބަރ ފިރުޝާންގެ ޓްވީޓް ގައި ވިދާޅުވިއެވެ.
ކާަޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ @ibusolih ގެ ރިޔާސާ ވަޢުދެކެވެ. މުޅިހުވަދޫގެ ތަރައްޤީއާއި ކުރިއެރުން އަދި އިޤްތިސާދު ގުޅިފައިވަނީ މި އެއަރޕޯޓާއިއެވެ. https://t.co/d9aVeFyeIu
— Hussain Firushan ???????? (@husnfirey) December 10, 2020
ކާޑެއްދޫގެ އެއަރޕޯޓަކީ ގދ. އަދި ގއ. އަތޮޅުގެ ރައްޔިތުންނާ ގުޅިފައިވާ މުހިންމު ތަނެއްކަމަށާއި، އެ ދެ އަތޮޅުގެ ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައިވީ އެންމެ އަވަހަށް އެއަރޕޯޓު އިންޓަނޭޝަނަލް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި މެމްބަރު ފިރުޝާން ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި ސަރުކާރުން ކާޑެއްދޫ އެއަރޕޯޓު ތަރައްގީކުރާނެ ކަމަށާއި އެކަމާމެދު ޝައްކެތް ނުކުރާ ކަމަށްވެސް މެމްބަރު ފިރުޝާން ވަނީ ވިދާޅުވެފައެވެ.
ކާޑެއްދޫ އެއަރޕޯޓުގެ ތަފާތު އެކި މައްސަލަތައް މީގެ ކުރިން ފެންމަތިވެގެން ގޮސްފައިވާއިރު، އެ އެއަރޕޯޓުން ރަނގަޅު ހިދުމަތެއް ނުލިބޭތީ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއާއެކު ރައީސް ޞާލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު ކާޑެއްދޫ އެއަރޕޯޓަށް ހެޔޮ ބަދަލެއް ގެންނަވައި އެއަރޕޯޓުގެ ހިދުމަތްތައް މިހާރަށް ފުޅާ ކުރައްވާނެކަން ހާމަކުރައްވާފައެވެ.
5 Responses
އައްޑޫ މީހުން ބުނީ މުޅި ދެކުނުގެ ތަރައްގީ ގުޅިފައިވަނީ އައްޑޫގައޭ. ހަވަރު ތިނަދޫ މީހުން ބުނީ މުޅި ދެކުނުގެ ތަރައްގީއަކީ ތިނަދޫއާއި އެމީހުންގެ އަތޮޅޭ. ގާފު އަލިފުން ވިލިނގިލީ މީހުން ބުނީ މުޅި ހުވަދޫގެ ތަރައްގީއަކީ ވިލިނގިއްޔާއި ގއ.އަތޮޅޭ. ދެން މީގަ މުހިންމު ނޫން ބަޔަކު ނެތް. މިހެން ކިޔާލަ ކިޔާލާ ތިބެނިކޮށް ހުރިހާ ތަނެއް އިނދަޖެހިގެން މިދަނީ! ކޮންމެ އަތޮޅަކީވެސް އަދި ކޮންމެ ރަށަކީވެސް ވަރަށް މުހިންމުތަނެއް. އެބަޔަކަށް ހައްގުވާ މިންވަރަށް ތަރައްގީ ފޯރުކޮށްދެވެން ޖެހޭނެ ކޮންމެ ސަރުކާރެއް އޮތަސް.
ރަގަޅެ ވާހަކައިކެ. ކާޑެއްދުއާ ތަަރައްގީ ކޮޅައުމުގެ މަސައްކަތެ ވަރަށް ބާރަށް ކުރިޔަން ބައެރަތެ. ޢޭބުއަސް ތެނަދޫ އެމް އާރ ޑީ ސީ މީހިންނެ ލަވައި. ކާޑެއްދޫ މަސައްކަތު މީހިންނަށް ހުރައި ރަގަޅެ.
ތިނަދޫ ވިލިނގިލީގެ "އެއަރޕޯރޓާ ހިފުން" ހައްލުކޮށް، މުޅި ހުވަދުއަތޮޅުގެ ދަތުރުފަތުރުގެ ވިޔުގަތައް ކާމިޔާބުކޮށް ހިނގާނެ "އެންމެ ހަމަހަމަ"، އޮޕްޝަނަކީ މާވާރުލު އިންޓަރނޭޝަނަލް އެއަރޕޯރޓަކަށް ހެދުން. ފީސިބަލްވާނެ. ކާމިޔާބުވާނެ.
ފަރެސްމާތޮޑާ އިންޓަނޭސަނަލް ކުރުމުން ހަމަހަމަ ވާނީ
ތީބޫއަބަދުދުއަސް ކަމެކެނިގުޅައިގަތުމަޓެ ވޮންނާލިކާކުން