ޒުވާން ލޯބި – 04

ތިންވަނަބައިގެ ތެރެއިން…. "މަށަށް ހަމަ އެނގެނީ. އޭނަ އަހަރެން ދެކެ ލޯބިވޭ އެކަމަކު އަހަރެންވެސް އަމިއްލަ ނަފުސަށް ބާރުފޯރުވައިގެން އަމިއްލަ އެދުންތައް ހުއްޓުވާގޮތަށް އޭނަވެސް ހުއްޓުވަނީ. އަހަރެން ފެންނަ ހިސާބަށް އޮޅުމަކުން ދެވުނަސް އޭނަ އަވަސް އަވަހަށް ފިލައިގެންދާން އެ އުޅޭއިރު އޭނަގެ ލޮލުން އެފެންނަ އަސަރު ފާހަގައެއް ނުކުރެވޭތަ ޒީ އަކަށް؟" އާހިލް ގެ އިސްޖެހިފައިވާ ބެލުން އާއިމާގެ ހަނދާނަށް ގެންނަމުން ޒީނަތުކުރެން އެހިއެވެ.

"މަށަށް ހަމަ އެނގެނީ. އޭނަ އަހަރެން ދެކެ ލޯބިވޭ އެކަމަކު އަހަރެންވެސް އަމިއްލަ ނަފުސަށް ބާރުފޯރުވައިގެން އަމިއްލަ އެދުންތައް ހުއްޓުވާގޮތަށް އޭނަވެސް ހުއްޓުވަނީ. އަހަރެން ފެންނަ ހިސާބަށް އޮޅުމަކުން ދެވުނަސް އޭނަ އަވަސް އަވަހަށް ފިލައިގެންދާން އުޅޭއިރު އޭނަގެ ލޮލުން އެފެންނަ އަސަރު ފާހަގައެއް ނުކުރެވޭތަ ޒީ އަކަށް؟" އާހިލް ގެ އިސްޖެހިފައިވާ ބެލުން އާއިމާގެ ހަނދާނަށް ގެންނަމުން ޒީނަތުކުރެން އެހިއެވެ.
"އާއީ ފެންނައިރަށް އޭނަ އަބަދު އިސްޖަހައިގެންނެއްނު ހުންނަނީ!" ޒީނަތު ބޭނުންވީ އާއިމާ ދެކެ އާހިލް ލޯބި ނުވާކަން ވިސްނައިދޭށެވެ.
"އާނ… އެކަމަކު އޭނަގެ ލޮލުން އެފެންނަ ޖަޒުބާތު މަށަށް ފާހަގަވޭ މަށަށް ނުބަލަން އުޅޭއިރު. އޭނަގެ ތުންފަތަށް އެ އަންނަ ލުއިލުއި ތުރުތުރާ އޭނަ ގެ މުށް ކެވިގެންދާކަންވެސް މަށަށް އެނގޭ." ލޯ މަރައިލަމުން އާއިމާ ބުންޏެވެ.
"އެކަމަކު އެކަންކަމުން ސާބިތެއް ނުވެއެއްނު އޭނަ އާއީ ދެކެ ލޯބިވާކަމެއް. އޭނަ އަށްޓަކައި ލައިފް ސްޕޮއިލް ނުކޮށްބަލަ. އާއީ ތިހެން އުޅޭތަން ދެކެން އަހަންނަށް އެހާ ފަސޭހައެއް ނޫނޭ." ޒީނާތުގެ ލޮލަށް ޖަމާވި ކަރުނަފޮދު ފޮހެލަމުން އާއިމާ އަށް ނަސޭހަތްތެރިވި އެވެ.
"އޭނާޔާ ދޭތެރޭ ނުވިސްނަބަލަ ޕްލީޒް." އާއިމާގެ ގައިގައި ބާރަށް ބައްދާލަމުން ޒީނަތު އެދުނެވެ.
"ޖަސްޓް ކޮންސެންޓްރޭޓް އޮން ޔޯރ ސްޓަޑީޒް އޯކޭ." އާއިމާ އާއި ދުރަށް ޖެހިލަމުން އަނެއްކާވެސް ޒީނަތު ބުންޏެވެ.
"އެކަމަކު އޭނަގެ ހިތުގެ ވިންދު މަގޭ ހިތުންނޭ ޖަހަނީ. މިތަނުން އެހެން ވިންދެއް ނުޖަހައޭ." މޭމަތީގައި އަތް ޖައްސާލަމުން ގޮތް ހުސްވެފައިވާ މީހެއް ފަދައިން އާއިމާ ބުންޏެވެ.
"ދެން ތިހެން ވިންދު ޖެހިޔަދީގެން ހުރޭ. ﷲ ސުބްޙާނަހޫ ވަތަޢާލާ އާއީ ގެ ހިތުގައި ތިވަނީ އޭނަގެ ލޯބި ލައްވަވާފަ. އެހެންވީމަ އެކަލާންގެ ތި ދެމީހުން ގެ ގުޅުން ބަދަހިކުރެއްވުމަށް އިރާދަކުރައްވާފަ ވާނަމަ އެކަން ހިންމަވާނެ." ޒީނަތުގެ ގަޔާލައި އާއިމާ ފިއްތާލަމުން ބުންޏެވެ.
"އަހަރެން ދުޢާ ވެސް ކުރާނަން ﷲ ސުބްހާނަހޫ ވަތަޢާލާ އާއިމާ ގެ ފިރިއެއްގެ ގޮތުގައި އާހިލް ލައްވަވާތޯ." ޒީނަތު ގެ ލޯބިވާ ރަހުމަތްތެރިޔާ އަށް ހެޔޮއެދޭ މިންވަރު ހާމަކުރިއެވެ. އެވަގުތު އާއިމާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި އޮހޮރެން ފެށިއެވެ. ޒީނަތުގެ ގައިގައި ބާރަށް ބައްދާލަމުން ހަމަ ރަނގަޅަށް އާއިމާ ރޯންފެށި އެވެ.
"ތޭންކިޔޫ." ރޮމުން ރޮމުން އާއިމާ ބުންޏެވެ.
"ހޫމް ދެން ހެވޭ ތިވަރަށް މަ ތެންމާލާފަ ތެންކިޔޫ ނުބުންޏަސް. ދެން ތިހާވަރަށް ނުވިސްނަބަލަ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެއްނު." ސަމާސާ ކޮށްލަމުން ޒީނަތު ބުންޏެވެ.
"އަޅެ ހީވޭތަ އޭނަ މަށަށް ބަލާލާނެހެން؟" ސުވާލުގެ ނަޒަރަކުން ޒީނަތަށް ބަލައިލަމުން އާއިމާ އެހިއެވެ.
"އިންޝާﷲ، އަދި ތިކަންވެސް ވާނެ." ލުއި ހިނިތުންވުމަކާއެކު ޒީނަތު ޖަވާބުދިނެވެ.
"ﷲ ނުރުހުންވެވޮޑިގެން ނުވާނެތަ އަނެއްކާ މަށަށް މި އުޅެވޭގޮތުން؟" ކުޑަކުއްޖެއް ފަދައިން އާއިމާ ސުވާލުކުރިއެވެ. ޒީނަތު ގާތަށް އައި ލާނެތް ހިނިގަނޑު އޮއްބާލަމުން އާއިމާ އެނދުގައި ބޭންދިއެވެ. އާއިމާ އޮށޯތުމުން އާއިމާ ކައިރީގައި ޒީނަތު ވެސް އޮށޯތެވެ.
"ހިޔެއްނުވޭ ދޯ. އެކަލާންގެ އާއިމާގެ ހިތުގަ ލައްވަވާފަ ތިވަނީ ސާފު ޠާހިރު ލޯތްބެއް. އެކަލާންގެ ހުރިހައި ކަމެއްވެސް އެންމެ މޮޅަށް ތަދުބީރު ކުރައްވަވާނެ." އާއިމާ ގެ ސުވާލަށް ޖަވާބުދެމުން ޒީނަތު ބުންޏެވެ.

އާދުވަހެކެވެ. އާއިމާ އެންމެ އިންނަން ބޭނުންވާ ތަނުގައި އިނދެވުނަސް ހިތަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ކުލާހުގެ ކުދިންތައް ހޭލަމޭލަވަމުން ދިޔަޔަސް އާއިމާ އަށް އިނދެވުނީ މާޔޫސް ކަމެއްގެ ތެރޭގައެވެ.
"އާއިމާ ގެ ދެލޯ ދުޅަވެފަ ތިހުރީ އަނެއްކާ ކިހިނެތްވީ؟"
އާހިލް ދަބަހުން ނޯޓުފޮތެއް ނަގަނިކޮށް ކަންފަތުގައި ޖެހުނީ މި ޖުމްލަ އެވެ. ކޮންމެވެސް ކުއްޖަކު އާއިމާ އަށް ކުރިމަތިކޮށްލި ސުވާލެކެވެ.
"ކަމެއް ނުވޭ." އާއިމާ ޖަވާބުދިން އަޑުވެސް އާހިލް އަށް އެއްވެސް ހުރަހަކާ ނުލައި އިވުނެވެ.
"ނުވާނެ އެހެންނެއް. ކޮންމެވެސް ކަމެއް ވެއްޖެ. ތިހިރީ ދެލޯ ރަތްވެސް ވެފަ ހުރިވަރު." އާއިމާ ގެ ރައްޓެހި ކުއްޖަކު އަނެއްކާވެސް ބުންޏެވެ. އާހިލް ގެ އަތުގައި އޮތް ނޯޓުފޮތުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ހިތުގައި އަޅަމުންދާ ވޭންގަދަކަމުން ކަމަށްވެސް ވެދާނެ އެވެ.

އާއިމާ ރުއިކަން އާހިލް އަށް އެނގެއެވެ. އާއިމާ ރުއީ އާހިލްއަށްޓަކައި ކަންވެސް އެނެގެއެވެ. އާހިލް އަށް އެކަން އެނގެނީ އާހިލް އަށް އާއިމާ ފާރަލަމުން އަންނަކަން އެނގޭތީއެވެ. އާހިލް ބަލައިލާތޯ އިންތިހާއަށް އިންތިޒާރުކުރާކަން އެނގެއެވެ. އެކަމަކުވެސް އޭނާ އާއިމާ އަށް ހަމަ އެންމެ ފަހަރަކުވެސް ބަލައިނުލައެވެ. ބޭނުން ނުވާތީކީ ނޫނެވެ. ހިތަށް ދަތުނުވާތީކީވެސް ނޫނެވެ. އާހިލް ބަލައިނުލާތީ އާއިމާގެ ހިތަށް އާހިލްގެ ސަބަބުން ތަދުކުރެވޭކަންވެސް އެނގެއެވެ. ޚުދު އާހިލްގެ ހިތަށް ވަމުން އަންނަ ތަދު ވަކިން ކުޑައެއް ނޫނެވެ.
ކުލާހަށް މުދައްރިސު އަތުވެއްޖެ އެވެ. ކުލާސް ފެށިއްޖެ އެވެ. ނަމަވެސް އާހިލްގެ ސިކުނޑިތެރޭގައި ވަރުގަދަ ހަނގުރާމައެއް ފެށިގެން ކުރިއަށްދަނީ އެވެ. އޭނާގެ ހިތާއި ދެލޯ އެދެމުންދަނީ އާއިމާއަށް ބަލައިލުމަށެވެ. ނަމަވެސް  މުހިންމު ދެ ގުނަވަނަށްވެސް އާހިލް ބާރުފޯރުވިއެވެ. އޭނާ ބަލިކަށި ވާކަށް ބޭނުނެއް ނޫނެވެ. މުޅި ދުވަހު ހަތަރުދަން ވޭތިކޮށްލީވެސް އެގޮތުގައެވެ. އަމިއްލަ ނަފުސަށް، އަމިއްލަ ރޫހަށް އަނިޔާ ކުރުމުގައެވެ. ހިތް އެދި ގޮވިޔަސް، ލޯ އެދި އާދޭސް ކުރިޔަސް އާއިމާއަށް ބަލައިލާކަށް އޭނާ ގެ ނަފުސަށް ހުއްދައެއް ނުދިނެވެ.
ސްކޫލް ގަޑި ނިމުމާއެކު އަވަސް އަވަހަށް ކުލާހުން ބޭރަށް އާހިލް ނިކުމެއްޖެއެވެ. އާހިލްގެ ފަސްފަހަތުން އާހިލްގެ ރަހުމަތްތެރިޔާ ޒަކީ ވެސް ނިކުތެވެ.
"އާހިލް މަޑުކޮށްބަލަ." ރަހުމަތްތެރިޔާ ގޮވި އަޑު ހަމަ ރަނގަޅަށްވެސް އާހިލް އަށް އިވުނެވެ. އެކަމަކުވެސް ހުއްޓޭކަށް ބޭނުމެއް ނުވިއެވެ. އެދިޔަ ބާރުމިނުގައި ގޮސްވަނީ ފާޚާނާ ބަރިއަށެވެ. މޫނު ދޮވެލުމަށެވެ.
ފާޚާނާ ބަރިއަށް އާހިލް ވަތް ވަގުތު ފުރަގަހުން އައިސް އާހިލްގެ އަތުގައި ޒަކީ ހިފެހެއްޓިއެވެ. ޒަކީ އާއި ދިމާއަށް ދަމައިގަތެވެ. ޒަކީ ބޭނުންވީ އާހިލް ގެ މޫނަށް ބަލާލާށެވެ. އޭރު އާހިލްގެ ރަތްވެފައިވާ ދެލޮލުން ކަރުނަ ހިލެމުންދެއެވެ. އާހިލް ގެ ތުންފަތުގައި ހުރި މަޑުމަޑު ތުރުތުރުން އާހިލްގެ ހިތުގެ ވާހަކަތައް ކިޔައިދެމުން ދެއެވެ.
"ކިހިނެތްވީތަ އާހިލް؟ ކީއްވެގެންތަ ކަލޭ….؟" ޒަކީ ކުރަން ބޭނުންވި ސުވާލު ފުރަހަމައެއް ނުކުރެވުނެވެ. އާހިލް އަށް ވެފައިވާ ވަރު ފެނިފައި ޚުދު ޒަކީ އަށްވެސް ފެންކަޅި ވެވިއްޖެއެވެ. އެންމެ ކުޑައިރުންފެށިގެން ބެސްޓްފްރެންޑުންގެ ގޮތުގައި އުޅެމުން އަންނާތީ އެ ދެކުދިންގެ ދެމެދުގައިވެސް ވަނީ ރަހުމަތްތެރިކަމުގެ ބާރުގަދަ ގުޅުން އާދަޔާޚިލާފަށް އުފެދިފައެވެ. އާހިލްގެ ގައިގައި އޮޅުލައިގަންނަމުން ޒަކީގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އޮހޮރާލި އެވެ.
އެފަދަ ގޮތަކަށް އާހިލް ހުއްޓާ ފެނުމުން ޒަކީ ގަތީ ފާޑެއްގެ ބިރެކެވެ. އާހިލް އަށް ކުރެވުނު ކަންތަން ވިސްނުނެވެ. ޒަކީ އެވަރަށް ގޮވަގޮވާ އޮއްވާ އެހެން ހެދުނީތީ ދެރަވިއެވެ. ޒަކީ އާއި ދުރަށް ޖެހިލަމުން ސިންކު ކައިރިއަށް ހުއްޓި މޫނަށް ފެންޖަހައި ދޮވެލިއެވެ. ހަމަ އެވަގުތު އަވަސް އަވަހަށް އެތަނުން ނިކުމެގެން ހިނގައްޖެ އެވެ. އާހިލްގެ ފަހަތުން ޒަކީ ވެސް ހިނގަމުން ދިޔައެވެ. ދެކުދިންވެސް ބައިސްކަލް ނަގައިގެން މައި މަގަށް ނިކުމެ ދުއްވާލި އެވެ. ދުއްވަމުން ދިޔައިރު، އާހިލްގެ މޫނަށް ޒަކީ ބަލަމުންދިޔައެވެ. އެ މޫނުން ފެންނަ ހިތާމައާއި މާޔޫސްކަން ޚުދު ޒަކީ އަށްވެސް މެހެސޫސް ކުރެވެއެވެ. އެކަމަކުވެސް އޭނާ އަނގައިންނެއް ނުބުނެއެވެ. އާހިލް މިވަގުތު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނޫންކަން ޒަކީ އަށް އެނގޭތީ އެވެ.

އާހިލް ގޮސް އޭނާގެ ގެއަށް ވަންނަންދެން ޒަކީ ބަލަން ހުއްޓެވެ. ލޯބިވާ ރަހުމަތްތެރިޔާ ރައްކާތެރިކަމާއެކު ގެއަށް ވަތްކަން ޔަޤީންކުރުމަށެވެ. އާހިލް ގެއަށް ވަނުމުން ޒަކީ ބައިސްކަލް ދުއްވާލި އެވެ. މަޑު ދުވެއްޔެއްގައި ދުއްވަމުން، އާހިލް އަށް އައިސްފައިވާ ބަދަލާއިމެދު ވިސްނަމުންނެވެ. އާހިލް އެގޮތަށް ރޮނިކޮށް ޒަކީ އަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

(ނުނިމޭ)

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް