logoEN
cocacola
އެވިޑާއި ގުޅިގެެން އޭއެސްއެެމްއެެޗް އިން ކުރިޔަށް ގެންދިޔަ ކަސްޓަމަރ ކެއަރ ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި

އެވިޑާއި ގުޅިގެެން އޭއެސްއެެމްއެެޗް އިން ކުރިޔަށް ގެންދިޔަ ކަސްޓަމަރ ކެއަރ ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި

އަހުމަދު ޝުރާއު

logo

12/6/2020, 12:33:01 PM

# އެވިޑް

DSC_3767

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެހޮޮސްޕިޓަލުން އެެވިޑް ކޮލެޖާއި ގުޅިގެން ކުރިޔަށް ގެންދިޔަ ކަސްޓަމަރ ކެއަރ ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި އެވެ.

ގޮސިޔާ

ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ ހުނަރުތައް ތަރައްޤީ ކުރުމުގެ މަގްޞަދުގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އެވިޑް ކޮލެޖާއި ގުޅިގެން ކުރިޔަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމަކީ 5 ދުވަހުގެ މުއްދަތަކަށް އެވިޑް ކޮލެޖުގެ ތިނަދޫ ކެމްޕަސްގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ހޮސްޕިޓަލްގެ އެކި ޑިޕާޓްމެންޓުތަކުން ޖުމުލަ 25 މުވައްޒިފުން ވަނީ ބައިވެރިވެފައެވެ.

undefined

މި ތަމްރީން ޕްރޮގްރާމު ނިންމާލުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ގދ ކާޑެއްދޫ އެއާޕޯޓުގެ މެނޭޖަރު މުހައްމަދު ޝަރީފުއެވެެ. މި ރަސްމިއްޔާތުގައި ތަމްރީން ފުރިހަމަ ކުރި މުވައްޒިފުންނަށް ވަނީ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން ހަވާލު ކޮށްފައެވެ.

އެވިޑް ކޮލެޖުން މައުލޫމާތު ދިން ގޮތުގައި މި ތަމްރީން ޕްރޮގްރާމުގައި ކަސްޓަމަރުންނަކީ ކޮބައިކަމާއި، ޙިދުމަތެއް ހޯދަން އަންނަ ބަޔަކަށް ޙިދުމަތެއް އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދޭނެ ގޮތްތަކަކީ ކޮބައިކަން އަދި ތަނުގެ ފެންވަރާއި ތަނުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކަސްޓަމަރ ސަރވިސްގެ މުހިންމުކަން ބައިވެރިންނަށް ވަނީ އުގަންނައި ދީފައެެވެ. އަދި މި ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައި ދެއްވީ އެވިޑް ކޮލެޖް ގެ ޑެޕިއުޓީ ވައިސް ރެކްޓަރ ފަޔާޒް ހަސަން ، އެކަޑަމިކް މެނޭޖަރ ޝަޒިއްޔާ އަހްމަދު ، ލެކްޗަރަރ ޝައިސްތާ އަލީ އަދި ސީނިއާރ ލެކްޗަރަރ މަރިޔަމް ނިޔާފް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ