logoEN
cocacola
އަނބިންނަކީ ގޭގައި ގެެންގުޅޭ ނޯކަރުންނެެއް ނޫނެވެ!

އަނބިންނަކީ ގޭގައި ގެެންގުޅޭ ނޯކަރުންނެެއް ނޫނެވެ!

ހުސައިން އަހްމަދު

logo

12/6/2020, 11:55:58 AM

# ރިޕޯރޓް

HOUSEWIFE_IN_THE_KITCHEN_OF_HER_MOBILE_HOME_IN_ONE_OF_THE_TRAILER_PARKS._THE_TWO_PARKS_WERE_CREATED_IN_RESPONSE_TO..._-_NARA_-_558298

ދުނިޔެ ތަހުޒީބުވެެ އެެކި ރޮގު ރޮގުން އިންސާނުން ކުރިއަރާ ހިނގައްޖެއެެވެ. ބަވަނަ ވެފައިވާ މި ދުނިޔޭގައި އަޅުގަނޑުމެެންގެެ މި ކުޑަކުޑަ ގައުމުވެސް ކުރިއަރާދާލެއް މަޑެއްނޫނެެވެ. އަންހެނުން ބާރުވެރި ކުރުމުގެ ވާހަކަތަކާއި ފިރިހެނުންނާއި އަންހެެނުން ހަމަހަމަ ކުރުމުގެ ބަހުސްތައް ކުރާލެެއްވެސް މަދެއްނޫނެެވެ. ނަމަވެސް އަޅުގަނޑުމެން ތެރެއިން ފިލާނުދާ ނުރަނގަޅު އާދަތައްވެެސް ހަމަ އެހާގިނައެވެ. ޒަމާނުއްސުރެން ހިނގަމުން އަންނަ ފާހަގަކޮށްލެެވޭ އެއްކަމަކީ އަންހެން ދަރިން މީހަކާ އިންނަހިސާބުން އެމީހުން ބޮލުގައި އެެޅޭ ނިމުމެެއް ނުވާ ބުރަ ބޮޑު ވާޖިބްތަކާއި ޒިންމާތަކެވެ. އަންހެން ދަރިޔަކު މީހަކާއި އިދެފިއްޔާ ދާންޖެހެނީ ފިރިމީހާގެ ގެއަށެވެެ، ނޫނީ ފިރިމީހާދައްކާ ތަނަކަށެވެެ.

ގޮސިޔާ

އެެކުވެރިކަމާއިއެެކު ލޯބިން އުފެދުނު ގުޅުން ގިނަފަހަރު އަނބިމީހާއަށް ބުރަބޮޑު ތަކުލީފަކަށް ބަދަލުވެެގެެން ދާތަން އެެބައާދެެއެވެ. އަނބިމީހާ ވަޒީފާ އަދާކުރިއަސް ނުކުރިއަސް ގޭގައި ތިންއިރަށް ކައްކާފަ ކާންދިނުމާއި ދެެމަފިރިންގެ އެއްޗެެހި ދޮވެެ އިސްތިރިކުރުމާއި ދަރިން ލިބިއްޖެެ ނަމަ ދަރިންގެ ހުރިހާކަމެއް ކުރުމަކީ އަނބިމީހާ އެކަނި ކުރަންޖެެހޭ ކަންތައްތައް ކަމުގައި މި މުޖުތަމައުގައި މިވަނީ ލޮލަށް ނުފެންނަ ފޮތެެއްގައި ލިޔެވި ސިއްކަ ޖެެހިފައެވެ. އަދި ވަކިން ހާއްސަކޮށް ބޮޑު އާއިލާއަކާ އެއްކޮށް އުޅޭނަމަ އަނބިމީހާއަށް މި މަސައްކަތްތައް ދެެގުނަވެގެން ދެެއެެވެ. އަނބިމީހާ އެކަނި ކުރަންޖޭހޭކަމަށް ނިންމައިފައި މިވާ ކަންތަކުގެ ތެރެއިން އެެންމެ ކަމެެއްވެސް ބަރާބަރު ވަގުތަށް ނުވެެއްޖެެ ނަމަ އެއީ ނާގާބިލް ކަމެއް ނުކުރެެވޭ ނުރަގަޅު އަންބެއް ކަމުގައި ނިންމާ ފަހަރު ވެެސް މަދެއްނޫނެވެ.

އިސްލާމީ ރިވެެތި އުސޫލު އަޅުގަނޑުމެެންނަށް ދަސްކޮށްދީފައިވަނީ ދެެމަފިރިން އެކަކު އަނެކަކަށް އެހީތެރިވުމަށާއި އެެކަކު އަނެެކަކަށް އޯގާތެެރި ވުމާއި އަޅާލުމަށެެވެެ. ނަމަވެެސް މިމުޖުތަމައުގެ ގިނަ މީހުން ގަބޫލު ކުރާ ގޮތުން އަނބިމީހާއަށް އެެހީތެެރިވުމުގެެ އަތް ހިއްލާލިޔަސް އެވަނީ އަނބިދަށުވުން ކަމުގައެވެެ. މިކަންތައްތަކަކީ ތަހުޒީބީ މުޖުތަމައެއްގައި ފެެންނަން ޖެހޭނެ ކަންތައްތަކެެއް ނޫނެެވެ. ދެމަފިރިއަކު ލޯބިން ފައްޓާ ޒަވާޖީ ހަޔާތް އެކަކަށް ބުރަކުރަންވީ ސަބަބެެއް ނެތެެވެ. އިސްލާމީ ރިވެތި އުސޫލު ފިރިންނަށް އަންގަވާފައި ވަނީ އަނބިންނަށް އޯގާތެެރި ވުމަށާއި އެހީތެރިވެ ރައްކާތެެރިކޮށް ބެެލެެހެއްޓުމަށެެވެެ. އަދިއެހެންމެ ގޭތެރޭޭގެ މަސައްކަތް ތަކުގައި އަނބިމީހާއަށް އެހީތެެރިވެެދިނުމަކީ އެެކަމުގެ ސަބަބުން ދެެމަފިރން ދޭތެެރޭގައި އޮންނަ ގުޅުން އިތުރައް ވަރުގަދަވެެ ލޯބި އިތުރުވެގެންދާނެެ ކަމެެކެވެ.

އަނބިމީހާއަށް އެހީތެެރިވުމަކީ އެއްވެސް ހާލެއްގައި ފިރިމީހާގެ ދަރަޖަ ވެއްޓޭ ކަމެެއްނޫނެވެ. ފަހުރުވެރި ކަމާއިއެެކު ތިމަންނާއަކީ އަނބިމީހާއަށް ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވާ މީހެކޭޭ ފިރިންނަށް މިއަދު ބުނަންކެރެެން ވެއްޖެެއެެވެ. އެއްދުވަހު އަނބިމީހާ ގޭގައި ކުރާ މަސައްކަތް ނިކަން ކޮށްލަބަލާށެެވެ. އަނބިންނަކީ ހަމައެެކަނި ގޭގައި މަސައްކަތް ކުރަން ހޯދާ ނޯކަރުންނަށް ނަހަދާށެެވެެ. ނޫންނަމަ އަނބިންގެ ބަދަލުގައި،ފައިސާދީފައި ގޭޭގައި މަސައްކައް ކުރަން މަސައްކަތު މީހަކު ގެެންނަން މާ ރަގަޅުވާނެއެވެެ. ނޫނީ ރޮބޮޓް އެއް ގޭޭގައި މަސައްކަތް ކުރަން ހޯދާށެެވެ. މަޔަކާއި ބަފަޔަކު ލޯބިން ބަލާ ބޮޑުކުރި އަންހެންދަރިއަކު ލޯތްބާއި އަޅާލުމާއިއެެކު އޯގާތެރިވާނެކަމަށް ބުނެެ ގެނެސް ގޭގެ ނޯކަރަކަށް ހެދުން ސަޅިއެެއްނޫނެވެެ. މާދަމާ ތިމާގެ އަންހެންދަރި ކޮންމެެވެސް ގެެއެއްގެ ނޯކަރަކަށް ވާންބޭނުން ނުވަނީނަމަ މިއަދު މުޖުތަމައުއިން މި ނުރަގަޅުއާދަ ފިލުވުމަށް އެެންމެން އެެކައްޗަކަށްވެެ މަސައްކަތް ފަށަންވީއެެވެ. ގޭތެރޭޭގައި ކުރާ މަސައްކަތް ތަކަކީ ހަމައެކަނި އަނބިމީހާގެ ޒިންމާއަކަށް ނަހަދާ އެެހީތެރިވާށެވެެ. ގިނަ ފަހަރު ޒަވާޖީ ހަޔާތެއްގެ ނިމުން އަންނަނީ މިގޮތަށް އަނބިންނާ މެެދު ފަރުވާ ކުޑަކޮށްލުމުގެ ސަބަބުން ކަމަށް ވެދާނެއެވެ. ބޯދާ ގަދީމީ ވިސްނުމުގެ ތެރެެއިން އައި މި ނޭދެެވޭ ނުރަގަޅު އާދަތަކާއި ދުރުވެެ އަބިމީހާއަށް އެހީތެެރިވުމަކީ އުފަލަކަށް ހަދާށެެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ