logoEN
cocacola
އުންމީދަކީ މެސީ އާއި އެއްޓީމަކަށް އަންނަ ސީޒަންގައި ކުޅުން - ނޭމާ

އުންމީދަކީ މެސީ އާއި އެއްޓީމަކަށް އަންނަ ސީޒަންގައި ކުޅުން - ނޭމާ

# މެސީ

skysports-messi-psg_5193391

ބާސެލޯނާގެެ ސްޓާ ޕްލެެޔަރ އަދި ދުނިޔޭގައި މިވަގުތު ހުރި އެންމެެ މޮޅު އެއްކުޅުން ތެރިޔާ ލައެެނަލް މެސީ އާއި އެއް ޓީމެއްގައި ކުޅެން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމަށް ޕީއެެސްޖީގެ ފޯޯވާޑް ނޭމާ ޖޫނިޔާ ބުނެފި އެވެ.

ގޮސިޔާ

ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށް ފަހު އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނީ މެސީއާ އެއް ޓީމެއްގައި ކުޅެން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމަށެވެ.

"އެއީ އަހަރެން މިހާރު އެންމެ ބޭނުންވާ ކަންތައް މެސީއާ އެއް ޓީމަކަށް ކުޅުން މެސީއާ އެއް ޓީމެއްގައި ދަނޑުމަތީގައި ހުރުން. އަހަރެން އެކަމަށް މަސައްކަތް ކުރާނަން. އުއްމީދަކީ އަންނަ އަހަރު އެކަން ހާސިލްކުރެވުން،" ނޭމާ ބުންޏެވެ.

ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 245 މިލިއަން ޑޮލަރަށް 2017 ވަނަ އަހަރު ބާސެލޯނާ އިން، ޕީއެސްޖީއާ ގުޅުނު ނޭމާ އަލުން ގެނައުމަށް މިދިޔަ ސީޒަނުގައި ބާސެލޯނާ އިން ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އޭރު ޕީއެސްޖީން ހުށަހެޅި އަގު ކަމަށްވާ 210 މިލިއަން ޑޮލަރު ދޭން ބާސެލޯނާ އެއްބަސްނުވީ އެވެ.

ނޭމާގެ ވާހަކައިގައި އޭނާ އަލުން ބާސެލޯނާ އަށް ދާން ބޭނުންވާކަމެެއް ސީދާ ފާހަނގައެއް ނުކުރެ އެވެ. އެހެން ނަމަވެސް ބާސެލޯނާގެ ރައީސަކު ހޮވަން އަންނަ މަހު ބާއްވ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ގިނަ ކެންޑިޑޭޓުން ވަނީ އަލުން ނޭމާ އެ ޓީމަށް ގެނައުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފަ އެވެ. ނޭމާ ބާސެލޯނާ ދޫކޮށްލީ ކުރިން އޮތް ޖޯސެފް ބާޓޮމެއުގެ ލީޑަޝިޕާ މެދު ބޮޑެތި މައްސަލަތަކެއް ޖެހުމަށް ފަހު އެވެ.

މިދިޔަ ސީޒަނަށް ފަހު މެސީ ވެސް ވަނީ ބާސެލޯނާ ދޫކޮށްލަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު މެސީ ބޭނުންވާ ގޮތަށް އޭނާ ހިލޭ އެހެން ޓީމަކަށް ދޫކޮށްލަން ބާސެލޯނާ އިން ބޭނުންނުވާތީ އެންމެ ފަހުން އޭނާ ޓީމުގައި މަޑުކުރީ އެވެ. ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަަމަވާނެ އެވެ. މެސީ ހޯދަން މަސައްކަތްކުރާ ކްލަބްތަކުގެ ތެރޭގައި ޕީއެސްޖީ ހިމެނޭ ކަމަށް ފްރާންސްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ